ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ ރޯޑް ރޭސްގެ 16 ވަނަ އެޑިޝަންގެ ތާރީހު އިއުލާނުކޮށްފި

ރޯޑް ރޭސްއެއްގެ ތެރެއިން: ފޮޓޯ/ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ މަގުބޫލު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ދިރާގުން މައުލޫމާތު ދީފައިވާގޮތުން ރޯޑް ރޭސްގެ 16 ވަނަ އެޑިޝަން ކުރިއަށް ގެންދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައިކަމަށެވެ. މިއީ ވޯލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުންކަމަށްވެސް ބުނެފައިވެއެވެ.

މި ދުވުން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާކޮށް، ދިރާގު ފުވައްމުލައް ރަން 2025 ވަނީ މި އަހަރު ފުވައްމުލަކު ސިޓީގައި ކާމިޔާބުކަމާއެކު ބާއްވާފައިކަންވެސް ހިއްސާކޮށްފައިވެއެވެ. މި އަހަރު ވެސް ދުވުންތެރިންނަށް ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ކެޓެގަރީ އަދި 5 ކިލޯމީޓަރ ކޯޕަރޭޓް ޓީމް ކެޓަގަރީގައި ބައިވެރިވެވޭނެކަމަށް މައުލޫމާތު ދީފައިވާއިރު 5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި އޮފީސް/ރިޒޯޓުތަކުން 4 މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭކަން ފާހަގަކުރެވެއެވެ.

ޑީއެމްއާރްއާރް ގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފައެވެ.

ކުރީ އަހަރުތަކާ އެއްފަދައިން، މި އަހަރުގެ ރޭހަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޮތުން، ދިރާގުން މިހާރު ވަނީ 30 ޖޫން 2025ގެ ނިޔަލަށް އެންޖީއޯ ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: