ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރަ މަސައްކަތުން ހޯދި މިނިވަންކަން ރައްކައުތެރިކުރަން މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެސީގެ ދަތުރުގައި ހޯދި ކުރިއެރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އެކްސް މެދުވެރިކޮށް ރައީސް ނަޝީދުވަނީ މެސެޖެއް އާންމުކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީންވަނީ ރާއްޖޭގައި އޮތް ތިރީސް އަހަރުގެ ހުދުމުހުތާރު ވެރިކަމެއް ނިމުމަކަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިކަމަށެވެ. އަދި އެޕާޓިންވަނީ ދިވެހިރާއްޖެއަށް ޑިމޮކްރެސީގެ އުސޫލުތައް ތައާރަފްކުރުމުގައިވެސް އިސް ދައުރެއް އަދާކޮށްފައިކަމަށް އަލިއެޅުއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެންމެންވެސް ސަމާލުވެ ތިބެންޖެހޭކަމަށާއި އެންމެ ގިނަ ދުވަސްވީ ޑިމޮކްރެސީތައްވެސް ހިދުމުހުތާރު އަތްތަކުގެ ތެރެއަށް ވެއްޓިގެންދިއުމުގެ ފުރުސަތު އޮތްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހޯދާފައިވާ ޑިމޮކްރެޓިކް ކުރިއެރުންތައް ދެމެހެއްޓުމަށްޓަކައި މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭކަމަށެވެ. އަދި ބުރަ މަސައްކަތުން ހޯދާފައިވާ މިނިވަންކަން ރައްކައުތެރިކުރަންވެސް އެ މަގުން މަސައްކަތްތައް ކުރުމުގައި ދެމިތިބެންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: