ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމީރު އައިއައިބީގެ ރައީސްއާއި ބައްދަލުކުރައްވައިފި

ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އޭޝިއަން އިންފްރާ ސްޓްރަކްޗާ ބެންކުގެ ރައީސްއާއި ބައްދަލުކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުން އޭޝިއަން އިންފްރާ ސްޓަރަކްޗާރ ބެންކުގެ ރައީސް ޖިން ލީކުން އާއި މިނިސްޓަރު ޒަމީރު ބައްދަލުކުރެއްވީ އެ ބެންކުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައިކަމަށެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ޗައިނާގެ ބެއިޖިންގައެވެ.

މިނިސްޓްރީން ބުނެފައިވާގޮތުން ޖިން ލީކުން ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރާއްޖެއާއި އެ ބެންކުގެ ދެމެދު ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފައިވާކަމަށެވެ. އަދި ރާއްޖޭގައި ހިންގަމުންދާ އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކަށް ދޭ އެއްބާރުލުމާއި ކުރިއަށް އޮތްތަނުގައިވެސް ބޭނުންވާ ފައިނޭންސިންގެ ވާހަކަތައް ދެކެވުނުކަމަށް ބުނެފައިވެއެވެ.

ޒަމީރު ވިދާޅުވީ، ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އޭއައިބީން ދެމުންދާ އެއްބާރުލުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. މީގެ ތެރޭގައި ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓުގެ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ކުރިއެރުވުންވެސް ހިމެނޭކަމަށް ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: