ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެނދުނު ޖަލްސާ ނިންމާލައި ކޮމިޓީތައް މެންދުރު ކުރިޔަށް ނުދޭ، މެމްބަރުން ތިބެނީ ގޭގައި: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމާލަނީ ކޮމިޓީގެ މަސައްކަތްތަކަށް ޖާގަ ދިނުމަށްކަމަށް ބުނި ނަމަވެސް، މެންދުރު ވަގުތަށް ދާއިރު އެފަދަ އެއްވެސް ބައްދަލުވުމެއް މަޖިލީހުގައި ކުރިޔަށް ނުދާކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި، ޝަމްހީދު ވިދާޅުވީ މިއީ އެ ގާނޫނާއި ގުޅޭގޮތުން ހުށަހަޅާ އިސްލާހުތަކަށް ބަހުސް ކުރަން ޖެހޭ ތިންވަނަ ފަހަރު ކަމަށެވެ. އެގޮތުން މޭއި މަހުގެ 15 ގައި މަޖިލީހުން ބިލު ފާސްކުރި އިރު ވެސް ކޮމިޓީގެ މަސައްކަތް ދެ ފަހަރެއްގެ މަތީން ކުރަން ޖެހުނުކަން ޝަމްހީދު ފާހަގަކުރެއްވި އެވެ. އެއީ ބިލުގެ މަސައްކަތް ނިންމައި ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، މައްސަލަތަކެއް ހުރިކަމަށް ބުނެ އަނބުރާ ފޮނުވާލުމަށް ފަހު ހަމަ އެ ހަފްތާގައި ތަޅުމުން ބިލު ފާސްކުރުމުންނެވެ.

ބިލުގައި ހުރި ބައެއް މައްސަލަތައް ނަންގަވައި ޝަމްހީދު ވިދާޅުވީ 04 ވަނަ މާއްދާގެ (ށ) ގައި ޖިނާއީ ކަންތައްތަކުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމުގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހަށް އޮތް އޮތުން އުނިކޮށްފައިވާކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގައިވާ ގޮތުން ބަންޑާރަ ނައިބުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށް ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމިޓީގެ މަސައްކަތް ޒިންމާދާރުކަމާއި އެކު ކުރިޔަށް ގެންދިއުމަށް ގޮވާލައި ޝަމްހީދު ވިދާޅުވީ ބިލުގައި ހުރި ބައެއް ރަނގަޅު ކަންކަން ވެސް ހިމެނޭކަމަށެވެ. މެމްބަރު ވިދާޅުވި ގޮތުގައި، މީގެ ކުރިން އޮތީ ބަންޑާރަ ނައިބު ބޭނުންވާ ގޮތަކަށް އޮނިގަނޑެއް އެކުލަވާލައި ބޭނުން ވަރަކަށް ވަޒީފާއަށް އެއްވެސް ކޮންޓްރޯލެއް ނެތި މުވައްޒަފުން ެގޭ ގޮތަށް ކަމަށެވެ. އަދި މިހާރު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭގޮތަށް އޮތް އޮތުން ރަނގަޅު ބަދަލެއްކަމަށް ވިދާޅުވި އެވެ.

އެއީ ރަނގަޅު ނިންމުމެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ… ދެން އަޅުގަނޑުމެން މިއަދު މަޖިލީހުގައި ވަރަށް ގިނަ ވާހަކަ ދެކެވިއްޖެ.. އަޅުގަނޑު ވެސް އެންމެ ދެރަވަނީ ބަންޑާރަ ނައިބު އޮފީހާއި އަޅުގަނޑުމެންގެ ޑެޕިއުޓީ ސްޕީކަރ ވާހަކަ ދައްކަވަމުން ވިދާޅުވެއްޖެ މަޖލީހުގެ މަސައްކަތް ހަލުވިވާނެކަމަށް..

މީގެއިތުރުން ޝަމްހީދު ވިދާޅުވީ އައު ދައުރާއި އެކު މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިޔަށް ދާނެކަމަށް ރިޔާސަތުން އިއުލާނު ކުރިކަމަށެވެ. އެހެން ނަމަވެސް މެންދުރު ސެޝަނަކަށް ނުގޮސް މަޖިލީހުގެ ޖަލްސާ ނިންމާލުން އާންމުކަމަކަށްވެފައިވާކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި އެ ގަޑީގައި ކޮމިޓީއެއް ވެސް ކުރިޔަށް ނުދާއިރު، ހުރިހާ މެމްބަރުން ތިއްބަވަނީ އެއްވެސް މަސައްކަތެއް ނުކޮށް ގޭގައިކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ރިޔާސަތުން މަޖިލީހުގެ ޖަލްސާތައް 10:30 ނިންމާލަނީ، ބަހުސް ކުރާނެ ބިލުތައް ހުއްޓައިކަމަށެވެ. އަދި ތާވަލު ކުރުމަށް ފަހު ފުރުސަތެއް ނުދީ، އެއްވެސް މެމްބަރަކު ބަހުސް ކުރުމަށް އެދިފައި ނުވާކަމަށް ބުނެ ވެސް ޖަލްސާތައް ނިންމާލާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ މިހާރު ކޮމިޓީތައް ތާވަލު ކުރަނީ 09:30 އަށްކަމަށާއި، މެމްބަރުންނަށް އޮންނަނީ ތަޅުމަށް ހާޒިރުވުން ނުވަތަ އެ ކޮމިޓީއަކަށް ދިއުންކަމަށެވެ. އަދި ގަޑިއިރެއްގެ ތެރޭގައި ނުވަތަ އެއަށްވުރެ ވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކޮމިޓީއެއް ނިމޭކަމަށް ވިދާޅުވި އެވެ.

މިިއީ ބަދަލު އަންނަން ޖެހޭ ސިޔާސަތެއްކަން ފާހަގަކުރައްވައި ޝަމްހީދު ވިދަޅުވީ، މަޖިލީހުގައި ފައިދާ ހުރި މަސައްކަތެއް ކުރެވެން ޖެހޭކަމަށެވެ.

އީދު ބަންދަށް ފަހު މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށިފަހުން މިހާތަނަށް ހުރިހާ ޖަލްސާއެއް ވެސް 09:00 ގައި ފަށައި 10:30 ގައި ވަނީ ނިންމާލާފަ އެވެ. އަދި ޖަލްސާތައް ނިންމަވާލައްވަނީ ރިޔާސަތުން އިއުލާނު ކުރާ ގޮތުގައި ކޮމިޓީގެ މަސައްކަތްތަކަށް ޖާގަ ދިނުމަށެވެ.

މަޖިލީހަށް ފުރަތަމަ ދައުރުގައި ފޮނުވާނެކަމަށް އިއުލާނު ކުރި ގިނަ ބިލުތަކެއް ފޮނުވާފައި ނުވާތީ، އެކަމަށް އެމްޑީޕީގެ މެމްބަރުން ކޮންމެ ޖަލްސާއެއްގައި ވެސް ފާޑުކިއުން އަމާޒު ކުރެ އެވެ. އަދި ޖަލްސާތަކުގައި މަސައްކަތެއް ނެތުމަކީ، ބަންޑާރަ ނައިބު ބިލުތައް ނުފޮނުވާތީއާއި މެމްބަރުން ބިލުތަކަށް ސަމާލުކަމެއް ނުދޭތީ ދިމާވާކަމެއްގެ ގޮތުގައި ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: