ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ އަދި ސިއްޙީ ދާއިރާގެ ސަޕޯޓް ސްޓާފުންގެ މުސާރައަށް ބަދަލު އަންނަންޖެހޭ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާގެ ސަޕޯޓް ގެޓެގަރީގެ މުވައްޒަފުންގެ މުސާރަތައް އަދިވެސް ކުޑަ ކަމަށާއި، އެ ގިންތިތަކުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދައިން ވިދާޅުވީ ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ޞިއްޙީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި، ޢަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ހުށަހެޅުއްވި ޤަރާރަށް ވާހަކަ ދައްކަވަމުންނެވެ.

މައުރޫފް ވިދާޅުވީ، މިއީ މުހިއްމު ޤަރާރެއް ކަމަށާއި، ޤައުމެއްގެ މުސްތަޤުބަލު ބިނާވަނީ އެ ޤައުމެއްގެ ތައުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އަދި މި ދެ ދާއިރާގައިވެސް މިނިވަންކަމާއެކު، ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކުރެވިގެން މަސައްކަތް ކުރެވޭނެ ޖާގަ އޮތްކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއްކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

މި ދެ ދާއިރާގެ މަސައްކަތްތެރިންގެ ހައްޤުތައް ފުރިހަމައަށް ކަށަވަރުވެ، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެކަން ކަށަވަރު ކުރެވުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް

މީގެ އިތުރުން، މަސައްކަތުގެ މާހައުލަކީ ”އަޅުވެތިކުރުވާ ޒާތުގެ“ މާހައުލެއް ނޫންކަން ކަށަވަރު ކުރުމަކީ އެ ސަރުކާރަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ބަލާއިރު، އިތުރު ގަޑީގެ މަސައްކަތް ކުރުވައި އިތުރު ގަޑީގެ އޯޓީ ފައިސާ ނުދޭ ވާހަކައާއި، އިތުރު ގަޑީގައި މަސައްކަތް ކުރުވަން މަޖުބޫރު ކުރުވާ ވާހަކައަކީ ކަންބޮޑުވާން ޖެހޭ ވާހަކައެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ނިމިދިޔަ ސަރުކާރުގައި ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އޭރު އެ މަސައްކަތް ކުރަމުންދިޔައީ މަރުޙަލާތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާގެ ސަޕޯޓް ގެޓެގަރީގެ މުވައްޒަފުންގެ މުސާރަތައް އަދިވެސް ހުރީ ނުހަނު ކުޑަކޮށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސިއްޙީ ދާއިރާގައިވެސް ސަޕޯޓް ސްޓާފުންގެ މުސާރަ ނުހަނު ކުޑަ ކަމަށެވެ.

މިއީ ޕޭ ހާމަނައިޒޭޝަން އުސޫލުގެ ތެރެއިން މިދިޔަ ސަރުކާރުން ކުރަން ފެށި މަސައްކަތެއް ކަމަށާއި، މި މަސައްކަތް މިހާރުވެސް ކުރިއަށްދާން ޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިހާރުވެސް ތައުލީމީ ދާއިރާގެ އެކިއެކި ފަރާތްތަކުގެ ފުށުން ނުހަނު ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށާއި، އެއީ ހައްތަހާވެސް ޙައްލު އަންނަން ޖެހޭ ކަންކަން ކަމަށެވެ.

ވަކިން ޚާއްސަކޮށް މާލޭގެ ބައެއް ސްކޫލުތަކުގައި ހުރިހާ ޓީޗަރުން އިށީނދެލާނެ ގޮނޑިއެއްވެސް ނެތް ސްކޫލުތައް އެބަހުރި ކަމަށާއި، އެކަމުގެ ސަބަބުން ޓީޗަރުންގެ އެތައް މަސައްކަތެއް ގެއަށްވެސް ގެންދަންޖެހޭ ޙާލަތު އަންނަކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން މިކަންކަން ޙައްލު ކުރުމަށް މެމްބަރު ވަނީ ސަރުކާރަށާއި، ތައުލީމީ ވަޒީރަށްވެސް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: