ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގެ ތިންވަނަ ބުރު ނިންމާލައިފި

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގެ ތިންވަނަ ބުރު ނިންމާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގެ ތިންވަނަ ބުރު ނިންމާލައިފިއެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރުގެ ތަމްރީނުތައް ނިންމާލާފައިވާއިރު، މި ބުރުގައި 257 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި އެ ބައިވެރިންނާ އިސްލާމިކް މިިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޕްރޮގުރާމުގައި ބައިވެރިވެ ހުރިހާ ކުދިންނަށް ވުޒާރާގެ ފަރާތުން ޝުކުރު އަދާކުރައްވާކަމަށާއި، ޕްރޮގުރާމުގައި ބައިވެރިވެ ޒުވާން ކުދިން ޚިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަމަށެވެ.

ވަޒީރު ވަނީ މި ބައްދަލުކުރެއްވުމުގައި އިމާމުކަމާއި ޚަޠީބުކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަކަމުގައި ވީނަމަވެސް ޚަޠީބުކަން ދޫކޮށްނުލުމަށާއި މިކަމުގައި ކުރިއަށް ދިއުމަށް ވަޒީރު ވަނީ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ޚަޠީބަކަށްވުމަށްފަހު އާއްމު ދިރިއުޅުމުގައިވެސް އިސްލާމީ އުސޫލާއި އެއްގޮތަށް ރިވެތި އަޚުލާޤާއެކު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެލައްވާފައެވެ.

’ޒުވާން ޚަޠީބުން‘ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.  މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: