ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަވަށްޓެރި ސީޝެލްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ހަލީލު ތަހުނިޔާ ފޮނުއްވައިފި

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

އަވަށްޓެރި ސެޝެލްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ގެ މެސެޖުގައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުންނާއި މިނިސްޓަރުގެ އަމިއްލަ ނަމުގައި، ސީޝެލްސްގެ ހާރިޖީ ވަޒީރަށާއި ސަރުކާރުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައިވެއެވެ.

އަދި ހަމައެއާއިއެކު، ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއާއި ސީޝެލްސްގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ބަދަހި ގުޅެމެއްކަމަށާއި މި ގުޅުމަކީ ދެ ގައުމުންވެސް އެއްގޮތް އަސާސްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށް މިނިސްޓަރ ހަލީލުގެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ރާއްޖެއާއި ސީޝެލްސްގެ ގުޅުމަކީ މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެންދާނެ ގުޅުމެއްކަމަށް ވެސް މިނިސްޓަރު ހަލީލުގެ ސިޓީގައި ޔަގީން ކުރައްވައިފައިވެއެވެ.

ދިވެހިރާއްޖެއާއި ސީޝޭލްގެ ދެމެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުރީ، 1980 ގެ ޖުލައި 1 ވަނަ ދުވަހުގައެވެ. އެ ދުވަހަސް ފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: