ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހަންކެޑެ ހަލާލް ޓުއަރިޒަމް ރަށެއްގެގޮތުގައި ކަނޑައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ހަންކެޑެ ”ހަލާލް ޓޫރިޒަމް“ ތަރައްޤީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ފަތުރުވެރިކަން ތަރައްޤީވެފައި ނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ.

މި ނިންމެވުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ޙަލާލު ޓޫރިޒަމަކީ ޚާއްޞަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށް ވެސް މެހުމާންދާރީ އަދާކުރެވޭ ގޮތަށް، ފަރުމާ ކުރެވިފައިވާ ޚިދުމަތްތަކެކެވެ.

މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައެވެ.

އައްޑޫ ސިޓީގެ ހަންކެޑެ ގައި ތަރައްޤީ ކުރެވިގެންދާ ”ހަލާލް ޓޫރިޒަމް“ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެއެވެ. އަދި މި ފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިޞާދީ ދުވެލި ހަލުވިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: