އުންސިލްތަކަށް ލިބެންޖެހޭ އާމްދަނީ އިތުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ އެންމެ ބޮޑު ކަންބޮޑުވުންކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާރލިމަންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައިމީ މަޖިލީހުގެ ބައްދަލުވުމުގައި ކައުންސިލްތަކުގެ އާމްދަނީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޒިޔާދު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުން ކައުންސިލްތަކުގެ އާމްދަނީގެ 5 އިންސައްތަ ރަށްރަށަށް ދޭންޖެހޭއިރު، 95 އިންސައްތަ ދޭންޖެހެނީ ސަރުކާރަށެވެ.
މި 5 އިންސައްތަ ބަހަންޖެހެނީ 187 ރަށަށް ކަމަށްވާއިރު، ކައުންސިލްތަކަށް ނުވަތަ ރަށްރަށަށް ލިބޭ އާމްދަނީ އިތުރުވުމަކީ މަޖިލީހުގެ ނައިބު ރައީސްގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވިދާޅުވިއެވެ.
ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުވިޔަސް އެކަމާމެދު ކަންބޮޑުވުމެއް ނެތްކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ.
”އެންމެ ބޮޑު ކަންބޮޑުވުމަކީ ހަޤީޤަތުގައި ކައުންސިލްތަކަށް ލިބެންޖެހޭ އާމްދަނީ މަދުވުން،“ޒިޔާދު ވިދާޅުވިއެވެ.
އާމްދަނީ ހޯދުމުގެ މިނިވަންކަން ލިބިގެން ދިޔައީ 19 ވަނަ މަޖިލީހުން ފާސްކުރި ލާމަރުކަޒީ ޤާނޫނުގެ ސަބަބުން ކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެކަން ހުއްޓުވުމަށް ކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިވަގުތު ލާމަރުކަޒީ ޤާނޫނަށް އަންނަމުންދާ ބަދަލުތަކާ ބެހޭ މަޢުލޫމާތު ނޭނގޭކަން ފާހަގަކުރައްވައި، ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތަށް ކަންކަން ކުރިއަށް ނުދާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

