ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކުތަކާއެކު މަސައްކަތްކޮށްގެން ވީހާވެސް އަވަހަކަށް ލޯނު ލިބޭނެ ގޮތް ހަދާނަން: މުއްޠަލިބް

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ ބޭންކުތަކާއެކު މަސައްކަތްކޮށްގެން ބޯހިޔާވަހިކަމުގެ ލޯނު ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމް ‏“އަހާށޭ ބުނާނަން“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލައްވާފައެވެ.

މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވީ، ބޭންކުތަކާ ގުޅިގެން ހައުސިން ލޯނު ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިގޮތުން މިނިސްޓަރ ފާހަގަކުރެއްވީ، މިހާރު ބޭންކް އޮފް މޯލްޑިވްސްއާއެކު ލޯނު ދިނުމުގެ ކަންތައްތަކަށް ސޮއިކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، މިހާރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އާއި އެޗް.ޑީ.އެފް.ސީއާއެކު ވެސް ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ ސަބަބުން ރައްޔިތުންނަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހު ފަހުކޮޅު ނުވަތަ އޮގަސްޓު މަހުގެ ކުރީކޮޅު ހުޅުވޭނެ ކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. މުއްޠަލިބް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެފަރާތްތަކާއެކު މަސައްކަތްކޮށްގެން ވީހާވެސް އަވަހަކަށް ލޯނު ލިބޭގޮތްހެދުން ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ބޭންކުތަކުގެ އެހީތެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އަޅާނެކަން ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ހިޔާވެހި ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ ޝަރީއަތުގެ މިންގަނޑުތަކާ އެއްގޮތުގެ މަތިން ދޫކުރާ ލޯނެކެވެ. މި ސްކީމުގެ ދަށުން 3 ވައްތަރެއްގެ ލޯން ސްކީމެއް ހިމެނެއެވެ. އެއީ، ފަހިމާލެ ސްކީމާއި، ސަރަހް ސްކީމުގެ އިތުރުން ރަށްވެހި ސްކީމެވެ.

މިކަމާ ގުޅޭ އެއްބަސްވުންތަކަކީ ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދަކަށްވާއިރު، މި އެއްބަސްވުމުގެ ދަށުން ދޫކުރާ ލޯންތަކަކީ ބޯހިޔާވެހިކަން 5 އިންސައްތަ ޕްރޮފިޓް ރޭޓުގައި ބޭންކުތައް މެދުވެރިކޮށް، ގެދޮރު އިމާރާތްކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.

މި ލޯނު ސްކީމު އެންމެ ފުރަަމަ އިފުތިތާހު ކުރެވުނީ 2024 ނޮވެމްބަރު 5 ވަނަ ދުވަހުގައެވެ. އެގޮތުން، މި ސްކީމުގެ އުސޫލްތައް ގެޒެޓްކޮށް، މި ސްކީމަށް އެޕލައިކުރުމަށް ހުޅުވާލީ 2024 ނޮވެމްބަރު 8 ވަނަ ދުވަހުގައެވެ. އަދި އެޕްލިކޭޝަންއަށް ހުށަހެޅުމަށް ކަނޑައެޅުނު މުއްދަތަކީ 2025 މޭ 30 ވަނަ ދުވަހެވެ.

ހިޔާވެހި ސްކީމުގެ ދަށުން އަންނަ 3 ވައްތަރުގެ ލޯން ޕްރޮގުރާމްތައް ހިމެނޭއިރު، ޖުމްލަ 2256 އެޕްލިކޭޝަން ފޯމް ވަނީ ލިބިފައެވެ. އެއީ، ފަހިމާލެ ސްކީމަށް 341 މީހުންނާއި ސަރަހް ސްކީމަށް 589 މީހުންގެ އިތުރުން ރަށްވެހި ސްކީމަށް، 1329 މީހުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސްކީމަށް އެޕްލައިކުރި ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު އިވެލުއޭޓުކޯށް، ބޭންކުތަކުން ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ފަހު ފޯމްތައް އެފަރާތްތަކުށް ފޮނުވިގެންދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ޕްރޮގުރާމުގެ ދަށުން ދޫކުރާ ލޯނު މި އަހަރުގެ މުލައި މަހުގެ ތެރޭގައި ދޫކުރެވިގެންދާނެކަމަށްވެސް މިނިސްޓްރީ ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންނަށް ކުރިމަތިވެ އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމާއި ބޯހިޔާވެހިކަމުގެ މައްސަލައެވެ. އެގޮތުން، މި ޕްރޮގުރާމުގެ ސަބަބުން ބޯހިޔާވެހިކަން ހޯދުމުގައި މާލީ ދަތިކަން ހުރި ފަރާތްތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދެވި، މާލެ ސަރަހައްދާއި ރާއްޖޭގެ ރަށްތަކުގައި ގޯތި އަދި ގެ އެޅުމުގެ މަރުހަލާގައި ހުރި، އެ މަސައްކަތް ނުނިމި ހުރި ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބި، ގެދޮރު ބިނާނުކުރެވި ހުރި ފަރާތްތަކަށް ގެދޮރުއެޅުމުގެ މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: