ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ވިޔަފާރިތަކަކީ ޤައުމަށް މުހިންމު ބައެއް ކަމުގައި މި ސަރުކާރުން ބަލައިގަނެފައިވޭ : ސަޢީދު

އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ކުދި ވިޔަފާރިތަކަކީ ޤައުމަށް މުހިންމު ބައެއް ކަމަށް ބަލައިގަނެފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއަށް 8 އަހަރު ފުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރުގެ ޕޯސްޓްގައި ވިދާޅުވީ 8 އަހަރުގެ ތެރޭގައި ބީސީސީ އުފެދިގެން އައި މަޤްސަދު ވަރަށް ރަނގަޅަށްވެސް ހާސިލްވަމުން އަންނަކަމަށެވެ.

މިގޮތުން ރާއްޖެއަކީ ގިނަ އަދަދެއްގެ ވިޔަފާރިތައް އުފެދެމުން އަންނަ ޤައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުދި ވިޔަފާރިތަކުން އިޤްތިސާދުގައި މުހިންމު ދައުރެއް އަދާކުރާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިސަރުކާރުގެ މެނިފެސްޓޯގައި ކުދި ވިޔަފާރިތަކަށް ވަރަށް މުހިންމު އިސްކަމެއްދީފައިވާކަމަށެވެ.

އެގޮތުން ކްރިއޭޓިވް އިކޮނޮމީއެއް އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މިއީ ސަރުކާރަކުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމުގެ މަސައްކަތް ފެށި ފުރަތަމަ ފަހަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރުވަނީ ސަރުކާރުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ވިޔަފާރިތަކާއި ގުޅުންހުރި ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގައި ބީސީސީއިން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ.

ބީސީސީން ވަނީ ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކަށްވުމުން އެއާ އެއްގޮތަށް އެއްގޮތަށް ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެވުމުގައި އެ ކުންފުންޏަށް ލިބޭ ބޮޑު ހިތްވަރެއްކަމަށް ވިދާޅުވެފައެވެ.

ބީސީސީއަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ވިޔަފާރިތައް ފަށަންވީގޮތާއި ފަށައިގެން ކުރިއަށްދާންވީ ގޮތުގެ އިރުޝާދުތައް ދެއެވެ. އަދި ކުދި ވިޔަފާރިތަކުގެ އިފެއްދުންތައްވެސް ބީސީސީއިން އަންނަނީ ޕްރޮމޯޓްކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: