ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ އެއާޕޯޓު ވިއްކާލަން އުޅޭކަމަށް ވިދާޅުވެ ޔާމީނު ހެއްދެވީ ބުހުތާނު ދޮގެއް: ސައީދު

ޕީއެންސީގެ ޖަގަހަ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނިމާދޫ އެއަރޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެފަދައިން ވިދާޅުވީ ސަރުކާރުން އުޅެނީ، އުތުރުގެ އެންމެ ބޮޑު އުންމީދު ކަމަށްވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން މިހާރު ހަނިމާދޫ އެއާޕޯޓް ނިމުމަކާ ހިސާބަށް ގޮސްފައިވަނީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެގެން ކަމަށްވާއިރު، ދިވެހި ސަރުކާރުން ވިއްކާލަން ނިންމާ ތަންތަނުގެ ތެރޭގައި އެ އެއާޕޯޓް ހިމެނޭ ކަމަށް ރައީސް ޔާމީނު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓް ވިއްކާލަން މަސައްކަތް ކުރަނީ އަދާނީ ގުރޫޕަށް ކަމަށާއި، އެކަމަށްޓަކައި ސިންގަޕޫރުގައި ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށްވެސް ޔާމީނު ތުހުމަތު ކުރެއްވިއެވެ.

އެކަން ދޮގު ކުރައްވައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނުދޮގެއް ކަމަށެވެ.

މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނުދޮގެއް.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު ނިންމާލެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ 88.7 އިންސައްތަ ނިމިފައިވާއިރު، އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. އަދި ފަސިންޖަރުން ބޭނުންކުރާ ޓާމިނަލް ޢިމާރާތުގެ މަސައްކަތުގެ 83 އިންސައްތަ ވަނީ ނިމިފައެވެ.

މީގެއިތުރުން، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ހެންގަރު އަދި ކާގޯ ބިލްޑިންގގެ މަސައްކަތުގެ 96 އިންސައްތަ ވަނީ ނިމިފައިކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢަކީ އުތުރުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.

ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ އުތުރުގެ ސަރަހައްދުގެ ތަރައްޤީއަށް ހުޅުވިގެންދާނެ ބޮޑު ދޮރެއްގެ ގޮތުގައި ފެންނަމުންދާއިރު، މިއީ ސަރަހައްދުގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް މުހިންމު ކުރިއެރުންތަކެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ. މަޝްރޫޢު ނިމުމުން، ހަނިމާދޫއަށް ބައިނަލްއަޤްވާމީ ބޮޑެތި ފްލައިޓްތަކަށް ވެސް ޖެއްސޭނެ ގޮތް ހަމަޖެހި، ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: