ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރިއުޅުމުގެ ވައްޓަފާޅިއާއި، ތަރައްގީގެ މަޝްރޫއުތައް ބައްޓަން ކުރަންވާނީ ލިބޭ އާމްދަނީއާއި އެއް ފެންވަރަކަށް: އައްބާސް

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރިއުޅުމުގެ ވައްޓަފާޅިއާއި، ތަރައްގީގެ މަޝްރޫއުތައް ބައްޓަން ކުރަންވާނީ ލިބޭ އާމްދަނީއާއި އެއް ފެންވަރަކަށްކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލާއިއެކުގައި ހުށައަޅާފައިވަނީ މުހިންމު، ރަނގަޅު ކަންތައްތަކެއްކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދައުރު މެދާއި ހަމައަށް ދިއުމުން، އެބޭފުޅަކާއިމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުން އެދޭކަމަށާއި، ހަމަ އެގޮތަށް މަޖިލީހުގެ މެންބަރުންގެ މައްޗަށް އެފަދަ ވޯޓެއް ނެގުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި އައްބާސް ވަނީ މިކަމަށް ތާއީދު ކުރައްވާފައެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މިކަމާއިމެދު ވަރަށް ބޮޑަށް ވިސްނެވުމަށް އައްބާސް އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ދައުރުގެ މެދެއްހާ ހިސާބުން ފެންނަ ނުފެންނަ ސިއްރު ވޯޓަކާއި، ރައީސުލްޖުމްހުރިއްޔާގެ ފެންނަ ނުފެންނަ ވޯޓެއް ހަމަ ދައުރުގެ މެދެއްހާ ހިސާބުން ބޭއްވުން އެއީ މުހިންމުކަމެއްކަމުގައި އަޅުގަނޑު ހުށައަޅަން.

އައްބާސް ވިދާޅުވިއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ މުހިންމު ބިލެއްކަމަށް ވިދާޅުވެ، މިފަދައިން އަމަލު ކުރާ ބޭރު ގައުމުތަކުގެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ދެކެވިއްޖެކަމަށާއި، މިހެން އަޅާ ކިޔާއިރު ރާއްޖޭގެ ހާލަތު ބަލަން ޖެހޭކަމަށް އައްބާސް ވިދާޅުވިއެވެ. ދިރިއުޅުމުގެ ކަންތައްތަކާއި، ތަރައްގީގެ މަޝްރޫއުތައްވެސް އާމްދަނީއަށް ބަލާ ބައްޓަން ކުރަން ޖެހޭކަމަށް އައްބާސް ވިދާޅުވިއެވެ. އެމެރިކާއާއި، އިނގިރޭސިވިލާތާއި، ސިވިޒަރލޭންޑުގައި ކަން ކުރާ ގޮތް ބަލައިގެން އެއަށް އަމަލުކުރަން ރާއްޖޭގެ އެ ފެންވަރު ނެތްކަމަށް އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަން ނޫން އިތުރު ސިނާއަތަކުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ނުލިބޭކަމަށް އައްބާސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: