ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުމީހާ ދޭ ވޯޓަކީ ވަރަށް ވިސްނުންތެރި ކަމާއިއެކު ދޭންޖެހޭ ވޯޓެއް: އަނާރާ ނަޢީމް

ކ. ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޙިޔާލު ހޯދުމުގެ ވޯޓު ނެގިގެންދަނީ މުޅި ޤައުމުގެ މަސްލަޙަތުގައި މުޅި ޤައުމަށް ފައިދާ ހޯދުމުގެ ގޮތުން ކަމަށާ އަދި ރައްޔިތުމީހާ ދޭ ވޯޓަކީ ވަރަށްވެސް ޒިންމާދާރު ކަމާއިއެކު ވިސްނުންތެރި ކަމާއިއެކު ދޭންޖެހޭ ވޯޓެއްކަމަށް ރައްޔިތުންގެ މަޖިލީޙުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވީ، ވޯޓު ނެގުމާއި ޙިޔާލު ހޯދުމަކީ މަޝްވަރާގެ އުސޫލުގެ ތެރެއަށްވެސް ވަދެގެންދާނެ ކަމެއްކަމަށެވެ. އަދި އިސްލާމް ދީނަކީ ވަރަށް ބޮޑަށް މަޝްވަރާގެ އުސޫލަށް ބާރު އަޅުއްވާ ދީނެއްކަންވެސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ޙިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލާ ގުޅޭގޮތުން އަނާރާ ވިދާޅުވީ، މިއީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޙިޔާލު ހޯދުމުގެ ވޯޓު ނެގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލެވިފައިވާ ބިލެއް ކަމަށެވެ. އަދި ”އާލަމީ ކާރިސާތަކުގައި މިފަދަ ވޯޓެއް ނަގަން ޖެހިއްޖެނަމަ ކަންތައް ކުރާނެ ގޮތްވެސް ކޮމެޓީ މަރުހަލާގައި ދިރާސާކުރާއިރު ކަނޑައެޅިފައި އޮންނަންޖެހޭނެ“ ކަމަށް އަނާރާ ވިދާޅުވިއެވެ.

ޑިމޮކްރަސީއެއްގައި އާންމުންގެ ޙިޔާލު ހޯދުމަކީ ވަރަށް މުހިންމު އަސާސެއްކަމަށް ފާހަގަކުރައްވައި، ޚާއްޞަކޮށް ޤައުމީ ބޮޑެތި ކަންކަމުގައި އާންމުންގެ ޙިޔާލު ހޯދާނެ އުސޫލުތަކެއް މިބިލުން ކަނޑައެޅިގެންދާކަން އަނާރާ ފާހަގަކުރެއްވިއެވެ.

އަނާރާ އިތުރަށް ވިދާޅުވީ، މިބިލުގެ ސަބަބުން އާންމު ރައްޔިތުންނަށް އެމީހުންގެ ޙިޔާލު ފާޅުކޮށް ރަޢުޔު ހާމަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މިއާއެކު އާންމު ރައްޔިތުންގެ ކޮނޑުގައި ވަރަށް ބޮޑު ޒިންމާއެއް އެޅިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.

އިންސާނުން އުފެދިފައިވަނީ ތަފާތު ސޫރައިގައި ކަމަށާއި، ކޮންމެ އިންސާނެއްގެވެސް ޙިޔާލަކީ ތަފާތު އެއްޗެއްކަން ފާހަގަކުރައްވައި، މުޖުތަމަޢުއެއްގެ ގޮތުން އެންމެންގެ ޙިޔާލު މުހިންމުވާނެކަމަށް އަނާރާ ވިދާޅުވިއެވެ. އަދި ގިނަ ބަޔަކު ވިސްނައި ފިކުރުކޮށްގެން ނިންމާ ނިންމުންތަކުން މުޅި ޤައުމަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް އަނާރާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: