ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް ސެޝަނެއް!

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހު އިސްރަށްވެހިންގެ ނާދީގައެވެ.

މި ސެޝަނުގައި، ސްކޭމްތަކުގެ ބާވަތްތަކާއި ހާއްސަކޮށް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، އިސްރަށްވެހިންނަކީ ސްކޭމްކުރާ ފަރާތްތަކުގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށްވާތީ، އެފަދަ އަމަލުތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައީފައިވެއެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި އެފަދަ ނަންބަރަކުން މެސެޖެއް އައިކަމުގައި ވިޔަސް ޖަވާބުނުދިނުމަށާއި ގޮތްނޭނގޭ އެއްވެސް ލިންކަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓާއި ކޭޝްކާޑާއި ޕިންނަމްބަރު ފަދަ މައުލޫމާތު ނުދިނުމަށާއި ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލުވުމަށް ބުނެދީފައިވެއެވެ.

މުޖުތަމައުގެ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ހާއްސަކޮށް އިސްރަށްވެހިންނަށް ދިމާވެދާނެ މާލީ ގެއްލުންތަކުން ރައްކާތެރިކޮށް، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި މި ސެޝަނަކީ ވަރަށް މުހިންމު ސެޝަނެއް ކަމުގައި އިސްރަށްވެހިންގެ ނާދީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުންނާއި ނާދީ ގުޅިގެން މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ވަރަށް ބޭނުންތެރިކަމެއް ކަމަށާއި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމްތައް އިތުރަށް ކުރިއަށް ގެންދާނެކަމަށް ވެސް ފާހަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: