ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއް: ފަތުވާދޭ މަޖިލިސް

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާއެއްގައި ބުނެފިއެވެ.

މި މައްސަލައިގައި މައިގަނޑު ދެ ރައުޔެއް އޮތް ކަމަށް ފަތުވާގައި ފާހަގަކޮށްފައިވެއެވެ. އެއީ އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުން ޙަރާމްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރައުޔެވެ. މި ދެ ރައުޔުވެސް ބިނާވެފައިވަނީ ޝަރުޢީ ދަލީލުތަކުގެ މައްޗަށް ކަމަށް ފަތުވާގައި ބަޔާންކޮށްފައިވެއެވެ.

ފަތުވާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލަ ދިރާސާ ކުރައްވައި އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާއެވެ. އަދި މިއީ އިޖުތިހާދީ މައްސަލައަކަށްވާތީ، އިސްވެ ދެންނެވުނު މައިގަނޑު ދެރައުޔަކީ ވެސް އިލްމުވެރިން ޤަބޫލުކުރައްވާފައިވާ ދެރައުޔެވެ.

ނަމަވެސް ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާތީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ފަތުވާ މަޖިލީހަކީ ފިގުހީ ކަންކަމުގައި ރައުޔު ނެރުމަށް އުފައްދާފައިވާ މަޖިލީހެއް ކަމާއި، އެ މަޖިލިސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: