ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ގެއްލުންވާ ގޮތަށް ހަބަރު ފެތުރުމަކީ ގައުމަށް ދެވޭ ހަމަލާއެއް: ހަލީލް

ކުރީގެ ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަބަރު ފަތުރާއިރު، ގައުމުތަކާއިމެދު އޮންނަ ގުޅުމަށް ބުރޫ ނާރާނެހެން އެކަން ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މިކަން ސިފަކުރެއްވީ ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައެވެ.

މިނިސްޓަރު ވިދާޅުވީ މީޑިއާތަކުން ވާހަކަތައް ގެނެސްދޭއިރު ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށާއި، މައުލޫމާތެއް ފޯރުކޮށްދޭއިރު އެ މައުލޫމާތެއްގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ކަންކަމަށް ބުރޫއަރާނެ ފަދަ ހާލަތެއް އޮތް ނަމަ، އެ ވާހަކައެއް ނުދައްކާ ބާއްވަން ޖެހޭކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށް ކުރާ ދަތުރުތަކުގެ ތެރެއިން ފާހަގަވެގެންދިޔައީ ގައުމުތަކާ އެކު އޮންނަ ގުޅުންތައް ހީނަރުވާ ފަދަ މައުލޫމާތުތައް މީޑިއާތަކުން ފަތުރާކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ސިޔާދަތީ ކަންތައްތަކަށް ނުފޫޒު ނޫނިއްޔާ ސިޔާދަތީ ކަންތައްތަކަށް ބުރޫއަރާ ޒާތުގެ ވާހަކައެއް ވިއްޔާ އެ ވާހަކައެއް ޖެހޭނެ އަޅުގަނޑުމެންގެ އަމިއްލަ ގައުމަށްޓަކާ އަޅުގަނޑުމެންގެ ނަފްސަށްޓަކާ ބާއްވާލަން.

މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ގޮތުން ބޭރުގެ ގައުމަކާ ގުޅުވާފައި ޖަހާފައި އޮތް ހެޑްލައިނެއްގެ ވާހަކަ މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެފަދަ ހެޑްލައިންތަކުގެ ސަބަބުން ރާއްޖެއާ މެދު އެހެން ގައުމުތަކުން އޮންނަ ޝައުގުވެރިކަމަށް ބުރޫއަރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެފަދަ އަމަލުތަކަކީ އަމިއްލަ އަތުގައި އޮންނަ ފުރޮއަކުން އަމިއްލަ ފައިގައި ޖެހުން ކަހަލަ ކަމެއްކަމަށް މިނިސްޓަރު ސިފަ ކުރެއްވިއެވެ.

ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަންވާނީ ބޭރު ގައުމުތަކަށް ގޮސް ރާއްޖެ ތަމްސީލުކުރާ ވަގުތު ޕޮޒިޓިވް ކަންކަން ފެތުރުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދިނުމުގެ ސަބަބުންރާއްޖެއަށް އެކަމުގެ ގެއްލުން އެކި ގޮތް ގޮތުން ކުރާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ބޭރު ގައުމުތަކަށް ގޮސް ދިވެހިން މިފަދަ ކަންކަން ކުރުން ހުއްޓާލަން ޖެހޭކަމަށެވެ.

މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ ހިތުގައި ގައުމާއިމެދު ލޯބި އެބައޮތްތޯ މިނިސްޓަރު ސުވާލުއުފެއްދެވިއެވެ. ގައުމިއްޔަތު ފެށިގެން އަންނަނީ އެ މީހަކާ ހިސާބުން ކަމަށް ވިސްނައި، ގައުމިއްޔަތު ދިރުވުމުގައި މަސައްކަތްކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: