ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާގޫދޫ އެއާޕޯޓަށް ގެއްލުންދިން މައްސަލައެއް: ރޯކޮށްލުމަށްވެސް ބަޔަކު މަސައްކަތްކޮށްފައިވޭ!

މަގޫދޫގައި އެމްޓީސީސީއާ ހަވާލުކޮށްގެން އަޅާ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފ.މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓަށް ގެއްލުންދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މަގޫދޫގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް 2025 ޖުލައި 13 ވަނަ ދުވަހުގެރޭ ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 07:47 އެހައިކަންހާއިރުއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެމްޓީސީ މަގޫދޫ ސައިޓުގެ ފަރާތުންކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލޫރިތަށް ތަޅާލުމާއި، އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފ މަގޫދޫގައި ހަދަމުންދާ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށް ސަރުކާރުން ނިންމާފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދި ފަހުން ވަނީ ބުނެފައެވެ.

ރައިސް އޮފީހުން އެހެން ބުނެފައިވަނީ ޤާނޫނު ނަންބަރު 1/2014 މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އެރަށުގެ ރައްޔިތަކު ފޮނުވި ފޯމުގެ ޖަވާބުގައެވެ. އެގޮތުން އެ ފަރާތުން ވަނީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ހުށަހަޅާފައެވެ.

އެ ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ، ފ މަގޫދޫގައި ހަދަމުންދާ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށް ކެބިނެޓުން ނިންމާފައިނުވާކަމަށެވެ.

މި ސުވާލު އަމިއްލަ ފަރާތަކުން ހުށަހަޅާފައިމިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފ. މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށާއި ތަރައްގީގެ ޕްލޭނުގައި އޮތީ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓު އަޅަން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެހެންނަމަވެސް މި ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މި ދައުރު ތެރޭ އެ އެއާޕޯޓު ހުޅުވާނެކަމަށްވެސް މުއްތަލިބުވެސް ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

މުއްތަލިބު ވިދާޅުވީ މަގޫދޫގައި އެއާޕޯޓު އަޅަމުން އަންނަނިކޮށް ނިލަންދޫގައި އެއާޕޯޓު އަޅަން ޖެހުނީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތުގައި މިވަގުތު ލަސްތަކެއް އުޅުނު ނަމަވެސް މަޝްރޫއު ނިންމައި އެ އެއާޕޯޓަކީ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: