ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު!

މާވިން އާއި މޭރީ: މޭރީގެ މަރުގެ މައްސަލާގައި ދިވެހި ނަރުހަކު ވަނީ ހައްޔަރުކޮށްފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެހެންކަމުން ދައުވާލިބޭ މާވިންއާއި ލަމްހާގެ ބައިވެސް ކުރިއަށްގެންދަނީ ވަކިވަކިންނެވެ. އެގޮތުން މާވިންއަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުދަ ދުވަހުގެ މެންދުރު 11:00 އަށެވެ. އަދި ލަމްހާއަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުދަ ދުވަހުގެ މެންދުރު 13:00 އަށެވެ.

މާވިންއަށް ކުރާ ދައުވާގެ އަޑުއެހުން ފަށައި، ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ތައްޔާރުވެފައި ވަނިކޮށް ކުއްލި ގޮތަކަށް އަޑުއެހުން ވަނީ މެދުކެނޑިފައެވެ.

ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި ކުއްލި ގޮތަކަށް ކޯޓުގެ އިންޓަނެޓު ކެނޑުމުގެ ސަބަބުންނާއި، އެކަން ޙައްލު ނުކުރެވުމުގެ ސަބަބުން މާވިން އަދި ލަމްހާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން ތުހުމަތު ކުރަނީ ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިން އެސްވައި ވަރގަސްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލަމްހާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވާއިރު، އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ، އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ދައުލަތުން ބުނާ ގޮތުގައި މި 4 ދައުވާއަކީ ވެސް ގުޅިފައިވާ އަމަލުތަކެއްގެ މައްޗަށް ބިނާވެގެން އައިސްފައިވާ ދައުވާތަކެކެވެ. ދައުލަތުން ވަނީ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށައަޅާފައެވެ. އޭގެ ތެރޭގައި މޭރީއާއި މާވިންގެ 5 އަހަރުގެ އަންހެން ކުއްޖަކު ހުންނަ ކަމާއި، ފިލިޕީންސްގެ ޤާނޫނު އޮންނަ ގޮތުން އެމީހުންނަށް ވަރިވެވެން ނެތްކަން ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކީގެ އިތުރުން، ލަމްހާއާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމާއި، އެކަން މޭރީއަށް އެނގިގެން ދެބަސްވުންތަކެއް ހިނގިކަން ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިތައްވެސް ހިމެނެއެވެ.

އޭގެ އިތުރުން، ލަމްހާއާއި މާވިން ދިވެހިރާއްޖޭގައި ކައިވެނި ކުރުމަށް މަޝްވަރާ ކުރެވުނު ކަމާއި، އަންހެނެއްގެ ގަޔަށް އިންޖެކްޝަން ޖަހާނެ ގޮތާއި ގުޅޭގޮތުން އެ ދެމީހުން ވާހަކަ ދައްކާވަފައިވާ ކަމުގެ އިތުރުން، އެމީހުން މޭރީ މަރާލުމަށް ގަސްތު އޮތްކަން ސާބިތު ކުރުމަށްވެސް ދައުލަތުން ހެކި ހުށައަޅާފައިވެއެވެ.

މޭރީ މަރާލި ދުވަސް (19 އޮކްޓޯބަރު 2021) ގައި ކަން ހިނގި ގޮތަށް ބަލާއިރު، މޭރީ މަރާލާފައިވަނީ ދުރާލާ ރާވައިގެންކަން ސާބިތު ކޮށްދިނުމަށްވެސް ދައުލަތުން ހެކި ހުށައަޅާފައިވެއެވެ. އަދި އެ ހެކިންގެ ހެކިބަސްތައްވެސް ނަގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: