ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ”ރަންރީނދޫ ދުވުން“ ޖުލައި 25 ވަނަ ދުވަހު މާލޭގައި!

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުންދާ ”ރަންރީނދޫ“ ދުވުން މާލޭގައި ކުރިއަށްގެންދާގޮތަށް ނިންމައިފިއެވެ.

މި ދުވުން ބޭއްވުމަށް އެމްޑީޕީން ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީގަލް ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވީ، މާލޭގައި މި ޙަރަކާތް ގެންދަން އެ ޕާޓީން ނިންމީ ސުލްހަވެރިކަމާއެކު ހުޅުމާލޭގައި މި ޙަރަކާތް ބާއްވަން ސަރުކާރުން ފުރުސަތު ނުދިނުމުން ކަމަށެވެ. އެހެންކަމުން މިނިވަން ކަމަށާއި އަދި ޑިމޮކްރަސީއަށް ލޯބި ކުރައްވާ އެންމެހާ ރައްޔިތުން މި ޙަރަކާތުގައި ބައިވެރިވުމަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ ބަޔަކަށް ނުވަތަ ޕާޓީގެ މެންބަރުންނަށް ހާއްސަކުރެވިގެން ބާއްވާ ހަރަކާތެއް ނޫންކަމަށްވެސް އެ ޕާޓީން މައުލޫމާތުދެއެވެ.

އެމްޑީޕީން ކުރިން އެދުނީ ހުޅުމާލެ ސެންޓްރަލް ޕާކް ވަށައިގެންވާ ސަރަހައްދުގައި މި ޙަރަކާތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ ސަރަހައްދު ސިޔާސީ ހަރަކާތްތަކަށް ދޫކުރެވެން ނެތް ކަމަށް އެޗްޑީސީން ވަނީ އެ ޕާޓީއަށް އަންގާފައެވެ. އެކަން މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެ ސަރަޙައްދު ސިޔާސީ ޙަރަކާތަށް ދޫކުރެވެން ނެތްކަމަށް ނިންމުމުން އެކަމަށްވެސް ފާޑުކިޔާފައިވެއެވެ. އެގޮތުން އެ ތަނަކީ ދައުލަތުގެ ހަރަދުގައި އާންމު ބޭނުންތަކަށް ތަރައްގީކޮށްފައިވާ އާންމު ވަސީލަތެއްކަން ފާހަގަކޮށް އެމްޑީޕީން ބުނީ، އެތަނުގެ ބޭނުންހިފުމުގެ ހައްގު ސިޔާސީ ޕާޓީތަކަށް ވެސް އޮންނަންވާނެ ކަމަށެވެ.

މި ދުވުމަކީ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައި ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: