ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓު މޯޓަމް ހެދުމަށް އަބްދުއްރަޙުމާންގެ ހަށިގަނޑު އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަނީ

އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ގޮތަކަށް އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65 އ) މަރާލާފައިވާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ، ތަހުލީލު ހެދުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓު މޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުން ބުންޏެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަރަންްތަޕުރަމްއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަބްދުއްރަޙުމާން މަރާލާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓަރ ކުރަމުންނެވެ.

އަބްދުއްރަޙުމާން ގޭގައި ނިދާފައި އޮއްވައި ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށީ މިދިޔަ އާދީއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މައްސަލައިގެ ތަހުގީގަށް މާލެއިން ޓީމެއް މިހާރު ވަނީ ގޮސް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކުޑަ އާބަދީއެއް އޮތް އެ ރަށުގައި މިހާ އަނިޔާވެރި ގޮތަކަށް މީހަކު މަރާލާފައިވާއިރު އަދިވެސް ގާތިލު ނުހޯދޭތީ ރަށުގެ ރައްޔިތުން ތިބީ ބޮޑު ކަންބޮޑުވުމެެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: