ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާ އެބަ ކުރަން: އެޗްއާރުސީއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އިންތިހާބުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނާއިއެކު ގިނަ މަސައްކަތް ތަކެއް ކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމް އިން ބުނެފައިވަނީ ކޮންމެ ފަހަރެއްގައިވެސް އިންތިހާބުގައި އެޗްއާރުސީއެމްއިން މޮނިޓަރިންގގެ ދައުރު އަދާ ކުރާނެ ކަމަށެވެ. އަދި އެއަށް ފަހު ފާހަގަކުރެވޭ ކަންކަން އީސީ އާއި ހިއްސާކުރުމަށްފަހު ދެފަރާތުން މަޝްވަރާކޮށް ކުރެވުނު މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ލުމުގެ ފުރުސަު ލިބިގެން ދިޔަ ކަމަށް އެޗްއާރުސީއެމް އިން ބުނެފައެވެ. އެ ކޮމިޝަނުން ބުނެފައިވަނީ އެ ފުރުސަތު ލިބިގެން ދިއުމަކީ އެމީހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިންހަމަ ޖެހުމެއް ކަމަށެވެ.

އެޗްއާރުސީއެމްއިްނ ބުނެފައިވަނީ މިފަހަރުގެ އިންތިހާބުގައިވެސް އެކަން އެގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ވޯޓުލާ މަރުކަޒު ތަކަށް ވަނުމަށް ވީލް ޗެއަރ ބޭނުންކުރައްވާ ފަރާތްތަކަށް ބޮޑެތި އުނދަގޫ ތަކާއި ކުރިމަތިލާން ޖެހުނުކަން މިދިޔަ އިންތިހާބުތަކުގައި ފާހަގަކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެތަންތަނުގައި ރޭމްޕް ނެތުމުގެ ސަބަބުން ވަދެ ނިކުމެ އުޅުމަށް ދިމާވާ ދަތިތައް ހުރި ކަން އެޗްއާރުސީއެމްއިން ފާހަގަކުރެއެވެ. އެގޮތުން އޭގެ ސާވޭއެއް ކުރުމަށްފަހު އީސީއަށް އެކަން ހިއްސާކޮށްފައިވާ ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ.

މީގެއިތުރަށް އެ ކޮމިޝަނުން ބުނެފައިވަނީ އެއަށްފަހު އައި އިންތިހާބުތަކުގައިވެސް އެކަން ރަނގަޅުވަމުން އައިސްފައިވާ ކަން ފާހަަކުރެވިފައިވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: