ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ 11 މަސް ތެރޭގައި ލައިސެންސް ނެތި ދުއްވި 1142 މައްސަލައެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ 11 މަސް ތެރޭގައި މާލެއާއި ބުރިޖުން ލައިސެންސް ނެތި ދުއްވި 1142 މައްސަލައެއް ބަލާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައި ތތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11އިން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި ސިނަމާލެ ބުރިޖު މަތީގައި ނުރައްކާތެރިކޮށް ދުއްވާ މީހުން ހުއްޓުވައި އެޅި ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން އެ މުއްދަތުގައި މި ސަރަހައްދުގައި އުޅަނދުތައް ފާސްކުރަން 2181 ޗެކްޕޮއިންޓް ޖަހައިފައިވާއިރު ފުލުހުން ފައިމަގުގައި ޕެޓްރޯލް ކުރުމުގައި 2881 ގަޑިއިރާއި 24 މިނެޓު ހޭދަކޮށްފައިވެއެވެ.

އެ މަސައްކަތްތަކުގެ ތެރެއިން 31،857 ސައިކަލު ޗެކްކޮށް 3878 ކާރު ޗެކްކޮށްފައިވެއެވެ. އަދި ގަވައިދުތަކާ ޚިލާފަށް ސައިކަލު ދުއްވުމުން 27،291 ފަހަރަކު ނަސޭހަތްދީ، ކާރު ދުއްވި މީހުންނަށް 3،038 ފަހަރު ނަސޭހަތްދީފައިވެއެވެ. ނުރައްކާތެރިކޮށް ދުއްވި މައްސަލަތަކުގައި ސައިކަލު ދުއްވި މީހުންނަށް 4،566 ފަހަރަކު ފިޔަވަޅު އަޅައިފައިވާއިރު، ކާރު ޑްރައިވަރުންނަށް 840 ފަހަރު ފިޔަވަޅު އަޅައިފައިވެއެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން 4 ކާރާއި، 154 ސައިކަލު ހިމެނެއެވެ. އެއްގޮތަކަށްވެސް ލައިސެންސް ނެތި 1062 ސައިކަލާއި 80 ކާރު ހިމެނެއެވެ. މަގުމަތީގެ ގަވައިދުތަކާ ޚިލާފުވެގެން 1821 ސައިކަލާއި 267 ކާރު ޓޯކޮށްފައިވެއެވެ. އަދި ގަވައިދާ ޚިލާފަށް ޕާކް ކުރުމާ ގުޅިގެން 3882 ސައިކަލާއި 1899 ކާރު ޓޯކޮށްފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެކްސިޑެންޓުތައް ހިނގުން އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެގޮތުން 2022ގައި ފުލުހަށް 1615 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، 2023ގައި އެ އަދަދު ވަނީ 2300އަށް އަރައިފައެވެ. މިދިޔަ އަހަރު 2885 މައްސަލަ ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: