ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްޙީ ޚިދުމަތްތެރިޔާ ކަރީމްބެ އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ!

ސިއްޙީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޢަބްދުލްކަރީމް އާދަމް (ކަރީމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްޙީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ތައުޒިޔާ ވިދާޅުވެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އަބްދުލްކަރީމްއަކީ 47 އަހަރަށް ވުރެ ދިގު މުއްދަތަކު ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި، އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިއްކަމަށެވެ. އެހެންކަމުން އޭނާ އަވަހާރަވުމުގެ ހިތާމައިގައި އެ މަރުޙޫމްގެ ޢާއިލާއަށް ރައީސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް މި ގެއްލުނީ، އެ ދާއިރާއަށް މި ވޭތުވި ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި ތަޖްރިބާކާރު ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަޚްޞިއްޔަތެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، އޭނާއަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރިއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަބްދުލްކަރީމް އާދަމް ލެހެއްޓެވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: