ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު ޒިންމާ އަދާކުރެއްވުމަށް ޝާހިދު ގޮވާލައްވައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --
ޝެއާރކޮށްލާ ކަހަލަދޯ؟
އިޤްތިޞާދީ ބޮޑު ކާރިސާއެއް ބޯމަތިވަމުން ދާއިރު އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނެވެމަކީ ޣައިރު ޒިންމާދާރު ޢަމަލެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. 

ޝާހިދު މިފަދައިން ވިދާޅުވީ އެސްކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ޑޮލަރުގެ އަގު ދިވެހި ތާރީހުގައިވެސް އުފުލިގެން ނުދާ މިންވަރަށް އުފުލިފައިވާކަމަށެވެ.

ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހެމުންދާކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ ޤައުމު މިދަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުންކަމަށެވެ. އަދި ބަނގުރޫޓުވާނެފަދަ ހާލަތަކަށް ގައުމުދާކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީރައްޔިތުން ހާލުގައި ޖެހި, އިޤްތިޞާދީ ބޮޑު ކާރިސާއެއް ބޯމަތިވަމުން ދާއިރުވެސް އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނެވެމަކީ ޣައިރު ޒިންމާދާރު ޢަމަލެއްކަމަށެވެ. މިއީ ވަރަށް ބޮޑު އިހުމާލެއްކަމަށް ވިދާޅުވެ ޝާހިދު ވަނީ ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު މަޤާމުގެ ޒިންމާ ފުރިހަމަޔަށް އަދާކުރެއްވުމަށް ގޮވާލައްވާފައެވެ.

ޤައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭއިން އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް ގޮވާލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: