ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސްޓްލޭޑީ ހުށަހެޅުއްވި އަބުރުގެ ދައުވާ ބޭރުކޮށްލަން އެދި އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިގެންފި

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާގެ މައްސަލަ ސިވިލް ކޯޓުން ނުބެލޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގެންފިއެވެ.

ހައިކޯޓަށް މި މައްސަލަ ހުށަހެޅީ އިދިކޮޅު މައިޕާޓީ އެމްޑީޕީންނެވެ.

ވޭޕް މަނާކުރުމާއި ރައީސްގެ ބޭފުޅަކާ ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ އިތުރުން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ވެސް ފަސްޓް ލޭޑީ ސާޖިދާ ވަނީ އަބުރުގެ ދައުވާ ކުރައްވައިފައެވެ.

މައްސަލައިގެ ޝަރީއަތްތައް ފަށާފައިވާއިރު، ސާޖިދާގެ ފަރާތުން އިޖުރާއީ ދެ ހުށަހެޅުމެއް ޝަރީއަތަށް ހުށަހަޅާފައިވެއެވެ. އެއީ އެމްޑީޕީ އާއި ފައްޔާޒު އަދި މަންދީ އަށް ކުރާ ދައުވާތަކުގެ ޝަރީއަތް އެކުގައި ކުރިއަށް ގެންދިޔުމަށާއި މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ޓީވީން ލައިވްކޮށް ދެއްކުމަށެވެ.

އަޑުއެހުންތައް ލައިވްކުރަން ފަސްޓް ލޭޑީ ސާޖިދާގެ ފަރާތްޕުޅުން އެދިވަޑައިގަތީ ޝަރީއަތުގައި ހިންގާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެއެވެ.

ނަމަވެސް، ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ނިންމެވީ އަޑުއެހުންތައް ލައިވް ކުރުމުގެ ބަދަލުގައި އަޑުއެހުންތައް އާންމުކޮށް ހުޅުވާ ނުލައި ސިއްރު ކުރާށެވެ. ކޯޓުގެ ނިންމުމުގައި ބުނީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ އަދި މައިގަނޑު ހުސޫމާތް ކުޑަކުއްޖަކަށް އަމާޒުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުން، އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރާނެ ކަމަށެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ނުބެލެވޭނެ ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ސިވިލް ކޯޓަށް އިއުތިރާޒުތަކެއް ހުށަހެޅި ނަމަވެސް އެ ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެހެންވެ އެމްޑީޕީގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ.

އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހެޅީ މިހިނގާ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ހައިކޯޓުން މިހާރު ވަނީ މި މައްސަލަ ބަލައިގެންފައެވެ.

އެމްޑީޕީން ބުނާ ގޮތުގައި އަބުރާބެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު އޮންނަ ގޮތުން އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅެނީ އަބުރަށް އުނިކަން އައި ފަރާތުންނެވެ. ނަމަވެސް މި މައްސަލަ ހުށަހެޅުއްވީ އުމައިރުގެ މަންމާފުޅު ސާޖިދާކަން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ސިވިލް ކޯޓުން ނިންމީ ކުޑަކުއްޖެއްގެ އަބުރު ނަގައިލި ކަމަށް ބުނާ މައްސަލަތަކުގައި ބެލެނިވެރިޔާއަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުގެ ކަރާމާތް ގެއްލޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން  ފެމިލީ ކޯޓަށްވެސް މައްސަލަތަކެއް ހުށަހެޅުއްވިއެވެ.

މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ދަރިކަލުން އުމައިރު މުޙައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެ މި މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ ފެމިލީ ކޯޓުގައި ވަނީ ދައުވާ އުފުލާފައެވެ.

މި ދައުވާތައް އުފުލީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުޑަކުދިންގެ ހައްގަށް އަރައިގަތުމާއި ކުޑަކުދިންގެ ކާރާމާތާއި ރައްކާތެެރިކަން ނިގުޅައިގަތުން ހުއްޓުވުމުގެ މަގުސަދުގައިކަމަށް ލޯފާމުން ވަނީ ފާހަގަކޮށްފައެވެ.

ސިލްސިލާ އެއްވުމެއްގައި މަންދީ ވަނީ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި ގުޅުވައި ސަރުކާރަށް ފާޑުކިއުމުގެ ގޮތުން އުމެއިރުގެ ނަން ބޭނުންކޮށްފަ އެވެ. އޭނާ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރީ އުމެއިރުގެ ސަބަބުން ކަމަށެވެ. މިއީ ދިވެހި ޒުވާނުންނަށް ދޭ އަނިޔާއެއްކަމަށް ބުނެ މަންދީ ވަނީ އުމެއިރު ހިމެނޭ ގޮތަށް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: