ދިރާގު ކަސްޓަމަރުންނަށް އަގު ހުރި އޮފަރތައް ލިބޭ ހޮޓްޑީލްސް ތައާރަފްކޮށްފިއެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި (#225*) އަށް ޑައިލްކޮށްގެން ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި އޮފަރގެ ދަށުން އެ ކަސްޓަމަރަކަށް ހާއްސަ އޮފަރތައް ބަލައިލެވޭނެއެވެ. އަދި، އެއަށްފަހު އެ ކަސްޓަމަރަކު ހިޔާރުކުރާ އޮފަރއެއް ވަގުތުން އެކްޓިވޭޓްކޮށްލެވޭނެއެވެ.
މި އޮފަރތަކުގެ ތެރޭގައި ބޯނަސް ޑޭޓާގެ އިތުރުން ކަނޑައެޅިފައިވާ އެޑް-އޯންތަކުން ހިލޭ ގުޅޭ މިނިޓްސް، ހިލޭ އައިމޯ އަދި ހިލޭ ޓިކްޓޮކް ހިމެނެއެވެ. މި އޮފަރތަކުން ކަސްޓަމަރުންނަށް އަގުހުރި ފައިދާތައް ލިބިގެންދާނެއެވެ.
ދިރާގުން ދަނީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން އެންމެ ރަނގަޅު އޮފަރތައް އެންމެ ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ.
ދިރާގުން ދާދި ފަހުން ވަނީ އައު ގައުމުތަކަކަށް އައިޑީޑީ ޕެކޭޖްތަކެއްވެސް ތައާރަފްކޮށްފައެވެ. އެންމެ 55 ރުފިޔާއިން ފެށިގެން 125 ރުފިޔާއާ ދެމެދުގައި ލިބެންހުރި މި އައިޑީޑީ ޕެކޭޖްތަކުން އިންޓަރނޭޝަނަލް މިނިޓްސްގެ އިތުރުން ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. މި ޕެކޭޖްތައް ތައާރަފްކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، ނޭޕާލް، އޮސްޓްރޭލިއާ، ޗައިނާ، ސައުދީ އަރަބިއްޔާ އަދި އިތުރު ގިނަ ގައުމުތަކެއް ހިމެނެއެވެ.

