ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ 5 ތަންބު ރައްކާތެރިކުރުމަށްޓަކައި ބާވާލެއްވުނު މައިގަނޑު މަގްސަދުގެ ތެރެއިން އެކެއް: ހުތުބާ

މިއަދުގެ ޙުތުބާ: މުދަލުން ފަޤީރުންނަށާއި މިސްކީތަކުންނަށް އެހީތެރިވެ ﷲގެ މަގުގައި ހޭދަކުރަން ޖެހޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށްޓަކައި ބާވާލެއްވުން މައިގަނޑު މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދުކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުއްދި ރައްކާތެރިކުރުމުގެ މައްޗަށް ބިނާކޮށްފައެވެ. އެގޮތުން، ހުކުރު ހުތުބާގައި، ބުއްދި ރައްކާތެރިކުރުމުގެ މުރާދު ބަޔާންކޮށްފައިވަނީ، އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ ހުރިހާ ކަމަކުން ދުރުހެލިވެ. އިންސާނާ ރައްކާތެރިކުރުމެވެ.  އެގޮތުން، އިންސާނާ ބޭނުންކުރާ ކައިބޮއެއް އެއްޗަކުން ނުވަތަ ކުރެވޭ އަމަލަކުން ނުވަތަ ވިސްނާ ވިސްނުމަކުން ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާ ނަމަ އެއީ އިސްލާމްދީން ނަހީކުރާކަމެވެ.

ހުތުބާގައި ބުނީ، އިންސާނުން އެހެން ދިރުންތަކުގެ މައްޗަށް މާތްކުރެއްވީ، އިންސާނުންނަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުގެ ސަބަބުންނެވެ. އަދި އިންސާނުން އުފައްދެވުމުގެ ސޫރަކުރެއްވުން އެހެން ދިރުންތަކަށްވުރެ ފުރިހަމަވެސް ކުރެވިފައިވަނީ މި ސަބަބަށްޓަކައި ކަމަށް ހުކުރު ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، الله ސުބްހާނަހޫ ވަތަޢާލާ އިންސާނުންނަށް ބުއްދި މިންވަރުކުރައްވާ، ކައުނުގައި ތަފާތު އެކި ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި، އެ ހުރިހާ ކަމަކާއި މެދު ވިސްނާ ފުކުރުކުރުމަށް އަމުރުކުރެއްވިކަމަށާއި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރާ މީހުންނަށް މާތް الله މަދަހައިގެ ބަސްފުޅުގައި ވަހީކުރައްވައިފައިވާކަމަށް ހުތުބުގައި ބުނިއެވެ.

އިންސާނާއަށް މާތް الله އަށް ދެއްވި ބުއްދީގެ ނިއުމަތް ހެޔޮ ގޮތުގައި ބޭނުންކޮށްފިނަމަ، އިންސާނިއްޔަތު ކުރިއަރައިފައިވާގޮތަށް ވަނީ ހުތުބާގައި އަލިއަޅުއްވައިފައެވެ. އެގޮތުން، ސައިންސާއި ފަންނިއްޔާތާއި ތަފާތު އެކިއެކި ދާއިރާތަކުން އިންސާނުން ހޯދައިފައިވާ ކުރިއެރުންތަކާ މެދު ވިސްނާފި ނަމަ، އިންސާނުން ހައިރާންވާނެކަމަށް ހުތުބާގައި ބުނިއެވެ.

މީގެއިތުރުން، މުސްލިމު ކުޑަ، ދިވެހި މުޖުތަމައުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާ ފަދަ ނޭއްގާނީ އަމަލުތައް ކުރާކަމަކީ ހިތާމަހުރިކަމެއްކަމަށާއި ދުނިޔެއަކީ ވަގުތީ އާލަމަކަށްވެފައި، އިންސާނާއަސް ލިބޭ ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި އިންސާނާގެ ބުއްދި ފިލާދާ އެއްޗެހި ވިއްކާ އަދި ބޭނުންކުރާ މީހުންގެ އަމަލުތައް الله ސުބުހާނަހޫ ވަތަޢާލާ ބައްލަވައިވޮޑިގެންދާކަމާ މެދު ޣާފިލުވާކަމާއި، ޣާފިލުކަންމަތީގައި ކުއްލިއަކަށް މަރު އައިސް ބައްދަލުވާނެކަމާއި މެދު ބިތުވެތި ނުވާ ކަމާއި މެދު ހުތުބާގައި ވަނީ ސުވާލުކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: