ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުހަބާ ވިދާޅުވުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގަތުމުން އުފާކުރަން: އިންޑިއާގެ ބޮޑު ވަޒީރު

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު  ނަރެންދުރާ މޯދީ ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާފައި ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި ބޮޑުވަޒީރު މޯދީއަށް ރައީސް މުއިއްޒު ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވާފައެވެ.

މިކަން ފާހަގަކުރައްވައި، ބޮޑުވަޒީރު މޯދީ ވަނީ އެމަނިކުފާނުގެ އޮފިޝަލް އެކައުންޓުގައި ދިވެހި ބަހުން ޕޯސްޓެއް ކުރައްވާފައެވެ. ”މާލެއަށް އާދެވިއްޖެ. އަޅުގަނޑަށް މަރުހަބާ ދެންނެވުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވީތީ އުފާކުރަން،“ މޯދީ ވިދާޅުވިއެވެ. އަދި އިންޑިއާއާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އައު ހަރުފަތަކަށް އުފުލިގެންދާނެކަންވެސް އެމަނިކުފާނު ވަނީ ކަށަވަރުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތުފުޅަކަށް ބޮޑުވަޒީރު މޯދީ ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: