ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ޤައުމެއް ނޯންނާނެ: ރައީސް

އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ޤައުމެއް ނޯންނާނެ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ޤައުމެއް ނޯންނާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ކަމުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ އެންމެން އެއް އަޒުމެއްގައި އެއް މިސްރާބަކަށް މަސައްކަތް ކޮށްގެންކަމަށެވެ.

އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ޤައުމެއް ނޯންނާނެ

އެހެންކަމުން ޤައުމީ އަޒުމުގައި މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، ޤައުމު ތަރައްޤީ ކުރުމުގެ ވިސްނުމާއެކު ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އެމަނިކުފާނާއި މުޅި ސަރުކާރުގެ ކެބިނެޓު އަދި މުޅި ދައުލަތުންވެސް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ދޮޅު އަހަރު ކުރެވުނު މަސައްކަތްތަކަށްވުރެ ގިނަ މަސައްކަތް މި ހިނގާ އަހަރުތަކުގެ ތެރޭގައި ކުރެވިގެންދާނެ ކަމަށާއި، ބޯހިޔާވަހިކަމަށް އެކަނި ބަލާލި ނަމަވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ހަގީގީ ތަރައްޤީ ޙާސިލު ކުރެވޭނީ އަމިއްލަ ނަފްސު އިސްލާޙުކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.

ނަފްސު ތަރައްޤީކޮށް ސިކުނޑި ތަރައްޤީ ކުރަންވީ

ރައީސް ވަނީ ދިވެހިންނަށްވީތީ ފަޚުރުވެރިވެ، އަބްތާލުން ކުރި ޖިހާދާމެދު ފަޚުރުވެރިވާން ޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ވަނީ މި ޖަލްސާގައި އެކި ޝަރަފް ޙާސިލު ކުރެއްވި ފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: