ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4،000 ފްލެޓުން ސޮއިކުރަން މިނިސްޓްރީން މިހާތަނަށް ފޮނުވީ 2،665 މީހުންގެ ނަން

އެފްޑީސީން އަޅަމުންދާ ފްލެޓުތައް ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީގެ ފަރާތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް މިހާތަނަށް ފޮނުވީ 2،665 މީހުންގެ ނަން ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެފްޑީސީ މެދުވެރިވެގެންނެވެ. ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ޚާއްސަކުރެވިފައިވާ ސަރަޙައްދެއްގައި، ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެންގުމަށްފަހު، އެފަރާތްތަކުން ވާނީ ”ފަހި ޕޯޓަލް“ އަށް ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑްކުރަންޖެހެއެވެ. މި ލިޔެކިޔުންތަކަކީ ސައްޙަ އަދި ސާފުކޮށް ކިޔަން އެނގޭ ލިޔެކިޔުންތަކަކަށް ވާންޖެހެއެވެ. ލިޔެކިޔުންތައް އަޕްލޯޑްކުރުމުން، އެއްބަސްވުމުގައި ސޮއިކުރުމަށް އެޕޮއިންޓްމަންޓް ގަޑި ކަނޑައެޅިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ”ދޯދި ޓަވަރު“ އަދި ”އުދަރެސް ޓަވަރު“ ތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ފުރިހަމަކުރެވިފައެވެ. މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތަކެވެ. އުދަރެސް ޓަވަރުތަކުގެ 80% މަސައްކަތް ވަނީ ނިމިފައިވާއިރު، ދޯދި ޓަވަރުތަކުގެ 86% މަސައްކަތް ވަނީ ނިމިފައެވެ.

އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. މި ލިސްޓު އެކުލަވާލަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެފްޑީސީއަށް ފޮނުވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ސަރުކާރުގެ އަމާޒަކީ މި މަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކޮށް، ފްލެޓްތައް ހަވާލުކުރަން ފެށުމެވެ. މިއީ ގިނަ ބަޔަކަށް ގެދޮރުވެރިކަމުގެ ހުވަފެން ޙަޤީޤަތަކަށް ވެގެންދާނެ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ގިނަ އަދަދެއްގެ ޢާއިލާތަކަށް އަމިއްލަ ގެދޮރުވެރިކަން ލިބި، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: