ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ މީހަކު އަމިއްލަ ކޮޓަރީ ރޯކޮށްލިކަމުގެ ތުހުމަތު

އދ. އޮމަދޫ / ސްޓެއްލާ، އަހްމަދު ނާފިއު (32އ)
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ މީހަކު އަމިއްލަ ގޭގެ ކޮޓަރީގައި ރޯކޮށްލުމުން ހައްޔަރުކޮށްފިއެވެ.

މިކަމުގެ ސަބަބުން ކޮޓަރީގައި ހުރި ގިނަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިކަން ހިނގާފައިވަނީ، އދ. އޮމަދޫގެ ގެއެއްގައެވެ. މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ މީހަކު ހަޑިހުތުރު ބަހުން އަޑުގަދަކޮށް ތަކެއްޗަށް ގެއްލުންދީ، އަމިއްލަ ގޭގެ ކޮޓަރީގައި ރޯކޮށްލި ކަމަށް ބުނާ މައްސަލައެއް ރޭ 9:30 ވަނިކޮށް ފުލުހުންނަށް އެ ރަށުން ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އދ. އޮމަދޫ / ސްޓެއްލާ، އަހްމަދު ނާފިއު (32އ) އެވެ.

އަލިފާން ރޯކޮށްލުމުގެ ސަބަބުން މީހަކަށް އަނިޔާއެއްނުވާކަމަށް ފުލުހުން ބުންޏެވެ

ފުލުހުން އަންނަނީ މި މައްސަލަ ތަހްގީގުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: