ކުރިއަތް އޮތް ތަނުގައި ރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ރައީސް ވަނީ ފުރަމާނަ ދަތުރުފުޅެއްގައި، ރާއްޖެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނަަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމަށްފަހު، އެމަނިކުފާނާ ސަރުކާރާ މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ، އެމަނިކުފާނާއި ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނަޔަކައާއިއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، ވަރަށް ގިނަ ދާއިރާތަކަކުން، ދެ ގައުމުގެ ދެމެދުގައި ދެވޭ އެއްބާރުލުން ފުޅާކުރުމަށް މަޝްވަރާކުރެވުުނުކަމަށެވެ. އޭގެތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާއާއި، ދިފާއީ ދާއިރާއާއި، ތައުލީމީ ދާއިާއާއި، ވޮކޭޝަނަލް ޓްރެއިންގއާޢި ޔޫތް ސްޕޯޓްސްގެ ދާއިރާއާއި ތިމާވެއްޓާއި މަސްވެރިކަމުގެ ދާއިރާ ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކާއި މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއިއެކު ރައީސް ވަނީ، ދެ ގައުމުގެ ދެމުގައި ބަދަލުކުރެވުނު އެމްއޯޔޫތަކަށް އަލިއަޅުއްވާ ވަހާކަދައްކަވައިފައެވެ. އެގޮތުން، ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު އެމްއޯޔޫތަކުން ދައްކުވައިދެނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ދެ ގައުމުން ކުރަމުންދާ މަސައްކަތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި، ސޮއިކުރެވުނު 2 އެއްބަސްވުންތަކުގެ ތެރެއިން، ޖިނާއީ ކުށްތައް ހުއްޓުވުމަށް ސޮއިކުރި އެއްބަސްވުމާއެކު، އެފަދަ މައްސަލަތައް މަދުކުރުމުގައި އެހީވެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ހާރިޖީ ހިދުމަތުގައިހަރަކާތްތެރިވާ ދިވެހި ޒުވާނުންނަށް ބޭނުންވާ ތަމްރީނު ދޭން ސޮއިކުރި އެމްއޯޔޫގެ ސަބަބުން، އެ ދާއިރާއިން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުތައް ހުޅުވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުފައި، ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ އަންދަވަޅުން އަރައިގަތުމުގައި، ލިބުނު ކުރިއެރުންތަކަށާއި ސްރީލަންކާގެ ރައީސް ކުރެއްވި މަސައްކަތްތައްޕުޅަށް ވަނީ ތައުރީފު ކުރައްވައިފައެވެ. އަދި، ސްރީލަންކާގެ ރައީސް ދިސަނަޔަކައިގެ ލީޑާޝިޕްގެ ދަށުން، ސްރީލަންކާގެ އިގްތިސާދަކީ، ހުރިހާ ހާލަތަކަށް ކުރިމަތިލުމުގެ ގާބިލުކަންހުރި އަދި ހަމަހަމަކަން ބޮޑު އިގްތިސާދެއް ސްރީލަންކާގައި ގާއިމުކުރެވިގެންދާނެކަމުގެ ޔަގީންކަން އަރުއްވައިފައެވެ.
ހަމައެއާއިއެކު، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް، އެ ގައުމުގެ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކަށްވަސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އަދި ލަންކާ ސަރުކާރުގެ ފަރާތުން އެގައުމުގައި ދިރިއުޅޭ ދިވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއިއެކު، ރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުމަށްވެސް 60 އަހަރު ވަނީ ފުރިފައެވެ. އެގޮތުން، ސްރީލަންކާއަކީ، ރާއްޖެ އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި ގައުމުކަންވެސް ފާހަގަކޮށްލެއެވެ.

