ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށްވުރެ ގިނަ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،238352 (އެއް މިލިއަން ދެ ލައްކަ ތިރީސް ހާސް ތިންސަތޭކަ ފާސް ދޭކަށް) އަރާފައެވެ.

މި މަހުގެ 1 އިން 22 އަށް 130,222 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 115،347 (އެއް ލައްކަ ފަނަރަ ހާސް، ތިން ސަތޭކަ ސާޅީސް ހަތް)ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ޗައިނާއިން 174،658 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ދެވަނައަށް އޮތް ރަޝިޔާއިން 145،568 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އިނގިރޭސިވިލާތް ލިސްޓުގެ ތިން ވަނައިގައި 117،444 ފަތުރުވެރިނާއެކުއެވެ. ހަތަރު ވަނައިގައި އޮތީ އިޓަލީއެވެ. އިޓަލީއިން 91 241 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ފަތުރުވެރިން އެންމެ ގިނައިން ހިޔާރުކުރަނީ ރިސޯޓުތަކެވެ. ޖުމްލަ ފަތުރުވެރިންގެ 68 އިންސައްތަ ރިސޯޓުތަކަށް ޒިޔާރަތްކޮށްފައިވާއިރު، 24 އިންސައްތަ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި 8 އިންސައްތަ ފަތުރުވެރިން ސަފާރީތަކާއި އެހެނިހެން އެކޮމޮޑޭޝަން ފެސިލިޓީތައް ހިޔާރުކޮށްފައިވެއެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފާހަގަކޮށްލެވޭ އަހަރެކެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ފުރަތަމަ ދެކޮޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ކުރިއެރުމަކީ އުއްމީދީ ކުރިއެރުމެކެވެ. ޚާއްޞަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްފަހު، ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި މިހާރު ކުރެވެމުންދާ ޕްރޮމޯޝަނަލް މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މީގެ ފައިދާ އިތުރަށް ފެންނާނެކަމަށް އުއްމީދުކުރެވޭއިރު، ސަރުކާރުން މިއަހަރަށް ގެންގުޅޭ އަމާޒަކީ މިއަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: