ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ބޭންކުން 2000 ޑޮލަރު!

ބީއެމްއެލްގެ ޑޮލަރު އޭޓީއެމުން މީހަކު ފައިސާ ނަގަނީ: -- ފޮޓޯ/ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ރައްޔިތުންނަށް ދިމާވާ ޑޮލަރުގެ ދަތިކަމަށް ލުއި ދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން  2,000 ޑޮލަރު ވިއްކަން ފަށައި އިއުލާނުކޮށްފި އެވެ.

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މި ނިންމެވުން ނިންމައި، މިދިޔަ މަހުގެ ތެރޭގައި އިއުލާނު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ނިންމުމާއިއެކު، އާސަންދަ މެދުވެރިކޮށް ފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް މިހާރު ވެސް ބޭންކްތަކުން 2000 ޑޮލަރާ ހަމައަށް ލިބޭ ގޮތަށް، އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވެސް ހިދުމަތް ލިބިގެންދާނެއެވެ.

މިއީ ސްކޫލު ބަންދު ދުވަސްވަރެއްކަމަށްވުމާއި އެކު ގިނަ ބަޔަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަނީ ދަތުރު ކުރަމުންނެވެ. އަދި އަހަރުގެ ފަހުކޮޅު ލިބޭ ބޮޑު ޗުއްޓީއަށް ބޭސްފަރުވާއަށް ދިއުމަށް ތައްޔާރުވުމަށް މި ނިންވުމުގެ ސަބަބުން ވަރަށް ބޮޑު ލުއިފަސޭއެއް ލިބިގެންދާނެ އެވެ.

Image

ޑޮލަރު ލިބުން ދަތިވެ، އާންމު ބާޒާރުގައި އަގު އުފުލުމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް އާންމު ރައްޔިތުންނާއި، ވިޔަފާރިތަކުން  ޖެހެނީ ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ. ބައެއް ފަރާތްތަކުން މި ހާލަތުގެ ނާޖާއިޒް ފައިދާ ނަގައި، ޑޮލަރުގެ އަގު ބޮޑު އަގުގައި ވިއްކަމުންދާކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ. އެގޮތުން ބައެއް ފަރާތްތަކުން މިހާރު ޑޮލަރު ވިއްކަމުން ދަނީ 20 ރުފިޔާ ނުވަތަ 21 ރުފިޔާއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ޖޫން މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 25 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް 8.1 މިލިއަން ރުފިޔާ، އަދި ރާއްޖޭގައި ފަރުވާ ކުރުމަށް ހަރަދު ކުރި 17.7 މިލިއަން ރުފިޔާއެވެ.

ސަރުކާރުގެ އަމާޒަކީ އާސަންދައާއި، އެންސްޕާގެ ނިޒާމުގައި ހުރި މައްސަލަތައް ރަނގަޅުކޮށް، ރީފޯމްއެއް ގެނެސް ރައްޔިތުންނަށް ލުއިފަސޭހަ ކުރުމެވެޑޮލަރާއި ގުޅުން ހުރި އެކި ލުއިތައް ސަރުކާރުން މިފަހުން ވެސް އިއުލާނު ކުރި އެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހިމެނެ އެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހެއްގެ މައްޗަށް 1200 ޑޮލަރު ލިބޭނެއެވެ. އަދި މި އަހަރު ހައްޖާއި އުމްރާއަށް ދިޔަ ފަރާތްތަކަށް ވެސް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސި އެވެ. އެގޮތުން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށްދިޔަ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓު ދޫކުރިއިރު އުމްރާއަށް ދިޔަ ފަރާތްތަކަށް 1،500 ގެ ލިމިޓެއް ދީފައިވެއެވެ.

ގާނޫނަށް ގެނައި ބައެއް ބަދަލުތަކާއި، ގަވައިދުތަކާއި އެކު ސަރުކާރުން ވަނީ އޭގެ ނަތީޖާ ފެނި ޑޮލަރުގެ އަގު ރަނގަޅުވެގެންދާނެކަމަށް ބުނެފަ އެވެ. އެގޮތުން މިހާރު ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކަށް ކޮންމެ ޓިކެޓަކަށް ލިބޭ 500 ޑޮލަރު، އަންނަ އަހަރުގެ ދެވަނަ ކުއާޓާއިން ފެށިގެން 1000 ޑޮލަރު ގަންނަން ލިބޭނެކަމަށް ވަނީ ހާމަކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: