ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަކީ އުނދަގޫ ޙާލަތެއް، ނަމަވެސް އެއީ ބަހަނާއެއް ނޫން: އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ޙާލަތަކީ އުނދަގޫ ޙާލަތެއް ކަމަށާއި، ނަމަވެސް އެއީ ބަހަނާއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މެމްބަރު އިބްރާހިމް ވިދާޅުވީ، ސަރުކާރަށް ފާޑުކިއުމުގެ ގޮތުންވެސް އިދިކޮޅުން ވާހަކަ ދައްކަންވާނީ ޒިންމާދާރުކަމާއެކު ކަމަށެވެ. އަދި ދައްކާ ވާހަކައިގެ ދެކޮޅުޖެހެން ޖެހޭނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާ ގުޅުވައި އިދިކޮޅުން ދައްކަމުންގެންދާ ވާހަކަތައްވެސް ދެކޮޅުޖެހެން ޖެހޭނެކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މި ކަންކަމުގައި ދޮގު ނުހެދުމަށް އެދޭކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އެއްގޮތަކީ ތިމަންނާމެންނަށް ލާރިލިބި މަސައްކަތް ނުނިންމީއޭ، އެ ބަޔާ ޙަވާލުވާންވީ، ތިމަންނާމެންނަށް ކުރިން ލާރި ލިބުނޭ، އެ ލާރި ފޮރުވީއޭ. ނޫނީ ބުނަންވީ ތިމަންނާ މެންނަށް ބޭރުގެ އެހީއާ އެ ލާރި ނުލިބުނީއޭ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ޑުބާއީ ފަންޑާ ސައުދީ ފަންޑާ ގަތަރުން ލާރި ހޯދައިގެން އެއާޕޯޓް ނިންމީއޭ.  

މެމްބަރު ވިދާޅުވީ، ނިމިގެން ދިޔަ ސަރުކާރުގައި ޓޫރިޒަމް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 1 މިލިއަން ޑޮލަރުވެސް ހޯދިފައިނުވާ ކަމަށާއި، އެހެންކަމުން އެމްޑީޕީއަށް ދެއްކޭނެ ވާހަކައެއް ހަގީގަތުގައި ނެތްކަމަށެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ ޙާލަތަކީ އުނދަގޫ ޙާލަތެއްކަމަށާއި، ނަމަވެސް އެއީ ބަހަނާއަކަށް ދެއްކެން އޮތްކަމެއް ނޫންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަދި ކޮވިޑަށްފަހުވެސް 3 އަހަރު ލިބިގެންދިޔަކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

މެމްބަރު އިބްރާހިމް ވިދާޅުވީ، ދުނިޔޭގެ ޖިއޯޕޮލިޓިކްސްގެ ކަންކަން އޮންނަ ގޮތާއި، ރާއްޖޭގެ ކަންކަން ހިނގާ ގޮތްވެސް އިދިކޮޅު ފަރާތްތަކަށް ނޭނގޭކަމަށެވެ. އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި މިހާރުވެސް އެކި ޤައުމުތަކުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، މި ދަނޑިވަޅަކީ ދުނިޔޭގެ ބާރުތައްވެސް އެއް ބަޔަކު އަނެއް ބަޔަކަށްވުރެ ބާރު ގަދަވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ކަމަށާއި، މިސާލަކަށް ބަލާނަމަ ބްރިކްސްގެ ޤައުމުތަކުގެ ބާރުވެސް ގަދަވަމުންދާކަމަށެވެ. އެހެންކަމުން މިއަދު ހުޅަނގަށްވުރެ އެހެނިގެން ބާރުތައް ވަރުގަދަވަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޔޫރަޕުން ބޮޑެތި އެހީ ނުލިބިގެން ކަންބޮޑުވާނީ ޖިއޯޕޮލިޓިކްސް ރަނގަޅަށް ނޭނގޭ މީހުން ކަމަށެވެ.

މީގެ އިތުރުން، ރައީސް ޑރ މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: