ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހަކަށް އައިސް ލޯންޗުތައް ބާރަށް ދުއްވައި ރޭސް ޖަހާތަން ފެނޭ، މިފަދަ މައްސަލަ ވެސް ބަލަން ޖެހޭ: ހުސްނީ

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ޒިންމާ ނަގަން ޖެހޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހާއި އެކު، ކަނޑު އުޅަނދު ފަރުވާކުޑަކޮށް ދުއްވުމާއި ދެކޮޅަށް ވެސް ފިޔަވަޅު އަޅަން ޖެހޭކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.

ހުސްނީ މިފަދައިން ވިދާޅުވީ، މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، މީހުންގެ ފުރާނައަށް ބެލުމެއް ނެތި، ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ހޯދައިދޭން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެފަދަ މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ހިމަނާފަ އެވެ.\

މީކާއިލް ހުށަހަޅުއްވާފައި ވަނީ ”ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުން“ އެއީ ކުށެއްކަމަށް ކަނޑައެޅުމަށެވެ.

މި އިސްލާހަށް ތާއީދު ކުރައްވައި، ހުސްނީ ވަނީ އެއްގަމު އުޅަނދުތަކޭ އެއްގޮތަށް ކަނޑު އުޅަނދުތައް ވެސް ދުއްވުމުގައި އަމަލު ކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއް ގެންނަން ޖެހޭކަމަށެވެ. ބައެއް ލޯންޗުތައް، އަނެއް ލޯންޗާ ކައިރިން އުނދަގޫ ކުރުމުގެ ގޮތުން ދަތުރު ކުރުމާއި މަޖަލަކަށް ހަދައި، ސަކަރާތް ޖެހުމުގެ ބޭނުމުގައި ލޯންޗުތައް ރޭސް ޖެހުން އާންމުވެފައިވާކަމަށް ހުސްނީ ވިދާޅުވި އެވެ.

އެހެންވެ ހުސްނީ ހުށަހެޅުއްވީ، ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާއަށް ފޮނުވުމަށް ފަހު ދެން އިތުރު ކުރެވިދާނެ ބައިތަކާއި މެދު މަޝްވަރާކޮށް ރަނގަޅު ބަދަލުތަކެއް ހިމެނުމެވެ.

މީގެއިތުރުން ހުސްނީ ވިދާޅުވީ ފަރުވާކުޑަކޮށް، އެހެން މީހުންނަށް ގެއްލުންވާ ގޮތަށް ވެހިކަލް ދުއްވުމުގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްވެ މީހެއްގެ ފުރާނައަށް ނުރައްކާވުމުން ފިޔަވަޅު އަޅާގޮތަށް ގާނޫނަށް ބަދަލު ގެނައުމުން އަދި ނުނިމޭ ކަމަށެވެ. އެއީ ގާނޫނުގައި މިހާރު ވެސް އެކިއެކި ކުށްތައް ކަނޑައަޅާފައިވާއިރު އެ ކުށަކަށް އަރައިގަތުމުން އެ ބަޔަކަށް އަދަބު ދެވޭތަން ނުފެންނާތީކަމަށް ހުސްނީ ވިދާޅުވި އެވެ. ހުސްނީ ވިދާޅުވީ ގާނޫނުގައި ބުނާ ހަމަތަކުގެ ތެރެއިން އެފަދަ މައްސަލަތައް ބަލައި، ފިޔަވަޅު ގިނަފަހަރަށް ނޭޅޭކަމަށެވެ.

އަޅުގަނޑުމެން ގާނޫނުގައި ވަރަށް ގިނަ ކަންކަން ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައި އެބަހުރި.. އެ ކުށްތަކަށް އަރައިގަންނަމުންދާއިރު، ގާނޫނާއި ގަވައިދުތައް ތަންފީޒު ކުރެވެމުންދާތަނެއް ނުފެނޭ..

ހުސްނީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ސްޕީޑް ލިމިޓެއް ކަނޑައަޅައި، ވަކި މިންވަރަކަށް ވުރެ ބާރަށް ވެހިކަލް ނުދުއްވޭ ގޮތަށް ސީލް ކުރެވިފައިވާކަމަށެވެ.

ތޮއްޖެހި، ވިކަލްތަކުން ފުރި ބާރުވެފައިވާ މާލޭގައި އެކަނި ވެސް ބާރު ސްޕީޑުގައި ވެހިކަލް ދުއްވާފައި އުޅޭނެހާ ޖާގައެއް ނެތްކަން ހުސްނީ ފާހަގަކުރެއްވި އެވެ. އެހެންކަމުން އެއްގަމު އުޅަނދު އެ މީހެއްގެ ނަމުގައި ރެޖިސްޓްރީ ކުރާއިރު، ވަކި ލިމިޓަކަށް ވުރެ މައްޗަށް ސްޕީޑު ބާރު ނުކުރެވޭ ގޮތަށް ސީލް ކުރުން ފަދަ ފިޔަވަޅު އެޅިދާނެކަމަށް ހުސްނީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: