ޏ ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި އެކްސިޑެންޓު ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ރޭ ދަންވަރު 2:40 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ފުވައްމުލަކު ފުނާޑު އަވަށުގައެވެ.
މި އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. އެގޮތުން އެ ކުއްޖާ ހުސްނުހީނާ މަގުން ދުއްވާފައި ދަނިކޮށް ފުރަތަމަ ޖެހުނީ ފާރެއްގައި ކަމަށާއި، ދެން ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތީގެ ހޮޅިދަނޑީގައި ޖެހި ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނި ގޮތުގައި، އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް، 3:40 ހާއިރު ވަނީ މަރުވެފަ އެވެ.
ދާދި ފަހުން މާލޭގައިވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައެވެ.

