ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ސަރުކާރުގައި ފައިސާއާއި ބެހޭ ގިނަ ނިންމުންތަކެއް ނިންމާފައިވަނީ އަމިއްލަ މަސްލަހަތަށް ބަލައިގެން: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުގައި ފައިސާއާއި ބެހޭ ގިނަ ނިންމުންތަކެއް ނިންމާފައިވަނީ އަމިއްލަ މަސްލަހަތަށް ބަލައިގެންކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަ އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ދިވެހި ދައުލަތަށް ލިބޭ އާމްދަނީ ލިބިގަތުމާއި، ހޯދުމަށް ދެ ފުށް ފެންނަ ގޮތަކަށް މަސައްކަތްތަކެއް ބައްޓަން ކުރަން ޖެހޭއިރު މިއީ ވަރަށް މުހިންމު ބިލެއްކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުން ވަރަށް ބޮޑެތި ބަދަލުތައް ދިން މަންޒަރު ފެނިފައިވާކަމަށާއި، ދައުލަތަށް ލިބެން ޖެހޭ 9 ބިލިއަނެއްހާ ރުފިޔާ ފަސްކޮށްފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި ޖޫރިމަނާގެ ގޮތުގައި ހުރި އެތައް ފައިސާއެއްވެސް ފަސްކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރިސޯޓުތަކުގެ ކުލިވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެތައް ބިލިއަން ރުފިޔާއެއް ލަސްކޮށްދީ، ފަސްކޮށްދީ އަދި މާ ފަސްކޮށްދީފައި އެބަހުރި. އެއީ ހަމަ މި އިގްތިސާދު ދިރުމަށްޓަކައި، އިގްތިސާދަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި ގަލު އަޅާފައި ނުހެދި ހުރި ރަށްތަށް ހެދުމަށް މަގުފަހިކޮށްދީފައި ހުރި ކަންތައްތައް.

ނާޒިމް ވިދާޅުވީ އިގްތިސާދީ ގޮތުންނާއި ފައިސާއާއި ގުޅޭ ގޮތުން ނިންމާފައި ހުރި ގިނަ ނިންމުންތައް މިދިޔަ ސަރުކާރުން ނިންމާފައިވަނީ ދެފުށް ފެންނަ ގޮތަކަށް ނޫންކަމަށެވެ. މިކަންކަން ކޮށްފައިވަނީ އަމިއްލަ މަސްލަހަތަށްވެސް ފައިދާވާނެ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު މި ހުށައަޅާފައި އޮތް އިސްލާހާއިއެކު ދެ ފުށް ފެންނަ ގޮތެެއްގައި ކަންކަން ކުރުމަށް މީރާއަށްވެސް ބާރުއެޅިގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ނުހައްގު މުއްސަދިކަން ހޯދުންވެސް ވަރަށް ބޮޑަށް ހުއްޓުވޭނެކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މެދުގައި މިކަންކަން ވަރަށް ބޮޑަށް އެބަ އޮތްކަމަށެވެ. އަދި އެމީހުންގެ އާއިލާއަށްވެސް އެ މުއްސަދިކަމުގެ ފަސޭހަކަން ފޯރުކޮށްދެމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް ހުށައަޅާފައިވާ އިސްލާހާއިއެކު، ޓެކުހާއި ބެހޭ ކުށްތަކުގައި އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: