ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި މަސައްކަތް ކުރި ނަމަވެސް، ތަންފީޒީ އިދާރާތަކުގެ އެއްބާރުލުން ނުލިބޭނެ ރަނގަޅު އަސަރެއް ނުކުރާނެ: ޢަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޢަފޫރު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގައި މަސައްކަތް ކުރި ނަމަވެސް، ތަންފީޒީ އިދާރާތަކުގެ އެއްބާރުލުން ނުލިބޭނެ ރަނގަޅު އަސަރެއް ނުކުރާނެކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހެއް ހުށައަޅުއްވާފައެވެ. މި އިސްލާހަކީ ޓެކްސް ނިޒާމުގެ ތެރެއިން ފާހަގަކުރެވިފައިވާ މައްސަލަތަކަށް ހައްލު ހޯދައި، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައިކަމަށް ބުނެ ގެންނަ ބަދަލެކެވެ.

މި ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ޢަފޫރު ވިދާޅުވީ މި ބިލުގައި ހުރި ކަންތައްތަކަކީ ރަނގަޅު އަސަރުތަކެއް ނިކުމެދާނެ ކަންތައްތަކެއްކަމަށެވެ. ޢަފޫރު ވިދާޅުވީ މަޖިލީހުގައި ކުރާ މަސައްކަތުގެ އަސަރު ނުފެންނަނީ، އެކަމަށް އެއްބާރުލުން ދޭނެ ފަރާތްތަކެއް ނެތުމުންކަމަށެވެ. މާލިއްޔަތު ކޮމިޓީގައި ގިނަ ކުރާ މަސައްކަތްތައްވެސް ފާހަގަކުރައްވާ ޢަފޫރު ކުށްވެރިކުރެއްވީ ތަންފީޒީ އިދާރާތަކެވެ.

މިއެއް ނޫން ކަންކަން ވާން ޖެހޭނެ ގޮތަކީ، ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މަސައްކަތަކީ ވައްކަން ކުރަން މަގު ފަހިކުރުން. އެހެންނެއް ވެގެން ނުވާނެ، މި ގައުމެއް، ގައުމުގައި ވައްކަމާއި ކޮރަޕްޝަން މަދުކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް އަޅުގަނޑުމެން ކުރަން ޖެހޭނެ.

ޢަފޫރު ވިދާޅުވިއެވެ.

ޢަފޫރު ވިދާޅުވީ ރާއްޖެ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކޮރަޕްޝަނާއި ވައްކަން ނައްތާލުމުގެ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އެހެން ނަމަވެސް ފެނިގެންދަނީ ދައުލަތުގެ މުއައްސަސާތަކުން މިފަދަ އަމަލުތަކަށް އެއްބާރުލުންދޭ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

މިކަންކަމަށް ކޯޓުތަކުގެ ފަނޑިޔާރުންގެ އެއްބާރުލުންވެސް ލިބޭކަމަށް ފާހަގަކޮށް ޢަފޫރު ވިދާޅުވީ، މައްސަލަ ބަލަނީ، މައްސަލަ ސާބިތުނުވާނެ ހުރިހާ ގޮތެއް ބަލައިގެންކަމަށެވެ. މި މަސައްކަތުގައި ހަރަކާތްތެރިވަނީ ތައުލީމާއި ތަޖުރިބާވެސް ހުރި ފަރާތްތައްކަމަށާއި، މައްސަލަތަކަށް ހައްލު ނުލިބެނީ ގަސްތުގައި އެކަންކަން ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ނުކުރާތީކަމަށް ޢަފޫރު ވިދާޅުވިއެވެ. މައްސަލަތަކުގައި އިހުމާލުވާ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނައުމުގެ ގާބިލްކަން ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ހުންނަން ޖެހޭނެކަމަށް ގަފޫރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: