ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދަނީ ކައުންސިލްތަކަށް ފައިސާ ހުށަހަޅައި އިސްލާހާއި ދެކޮޅަށް ބަޔާން ނެރެން އެދެމުން: ފަލާހު

ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު:/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތަކާ ދެކޮޅަށް ބަޔާން ނެރުމަށް އެމްޑީޕީން ކައުންސިލުތަކަށް ފައިސާ ހުށަހަޅަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ، ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ހުށަހެޅުމުން އެއީ ކައުންސިލަރުންގެ ބާރު ކަނޑުވާލުމުގެ ގޮތުގައި އެމްޑީޕީން ސިފަކުރިނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތަކަކީ ވަރަށް ބޮޑެތި ވަރަށް ނުބައި އިސްލާޙުތަކެއްކަމަށް އިދިކޮޅު ފަރާތްތަކުން އެބަ ވިސްނައިދެމުން ގެންދޭ ސޯޝަލް މީޑިއާގައާ ޓީވީތަކާ އަދި އެމްޑީޕީގެ ޕްރެސް ކޮންފަރެންސްތަކުގައިވެސް، މިއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި، ބައެއް ފަހަރު ޤިޔާމަތްވާން އުޅޭކަހަލަ ގޮތަކަށްވެސް މިބޭފުޅުން އެކަން އެބަ ސިފަކޮށްދޭ

ފަލާހު ވިދާޅުވީ، ރަށްރަށުގައި ޕީއެންސީގެ ފިކުރުގެ ކައުންސިލަރުންވެސް ގިނަ އަދަދަކަށް އެބަތިބި ކަމަށާއި، ކައުންސިލުތަކުގެ ޙައްޤުތަކެއް ނިގުޅައިގަންނަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ.

ފަލާހު ވިދާޅުވީ، ޖުމުލަ ގޮތެއްގައި އިންތިޚާބީ މަޤާމުތަކުގައި ދައުރުގެ ފަހު އަހަރު އަބަދުވެސް ކުރަނީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށާއި، އެކަމަށްޓަކައި ފަހު އަހަރުގައި އެތައް މަސައްކަތްތަކެއް ފަށައި، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާކަމަށެވެ. އަދި އެކަމުގެ ހުރިހާ ގެއްލުމެއްވެސް ކުރިމަތިލާން ޖެހެނީ ރައްޔިތުންނަށް ކަމަށް ފަލާހު ވިދާޅުވިއެވެ.

އެހެންކަމުން އެއީ އެމްޑީޕީންވެސް ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތަކާ ދެކޮޅަށް ބަޔާން ނެރުމަށް އެމްޑީޕީން ކައުންސިލުތަކަށް ފައިސާ ހުށަހަޅަމުންދާކަމުގެ މައުލޫމާތުވެސް ބައެއް ކައުންސިލުތަކުން ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެމްޑީޕީން ކޮންމެ ފަދަ ކަމެއް ކޮށްފާނެކަންވެސް މިކަމުން ދޭހަވާކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެމްޑީޕީން ޕްރެޝަރ ކުރިނަމަވެސް، ރައްޔިތުންނަށް ފައިދާވާ ކަންކަން ސަރުކާރުން ހުއްޓާނުލާނެކަމަށެވެ.

ކޮން ސަކަރާތެއް ޖަހަންތޯ މި އުޅެނީ، ކޮން ކަހަލަ ނުބައި ޖަރީމާތަކެއް ހިންގަންތޯ ރައްޔިތުންނަށް ގުޅައިގެން ނަސޭހަތްދެނީ އެކި ކައުންސިލުތަކަށް ބަޔާނެއް ނެރެން، ލާރިވެސް އެބަ ފޮނުވާ ބައެއް ކައުންސިލުތަކަށް އެމްޑީޕީން، ބަޔާން ނެރެދޭށޭ ކިޔާފައި، އަޅުގަނޑަށް އެނގޭތީ މި ދެންނެވީ، ގާތްގަނޑަކަށް ވިއްސަކަށް ފަންސަވީހަކަށް ކައުންސިލުން އަޅުގަނޑަށް އިއްޔެވެސް ގުޅާފައި ބުނި، އެމްޑީޕީން އެބަ ލާރި ހުށަހަޅައޭ މިއާ ދެކޮޅަށް ބަޔާން ނެރެދޭށޭ ކިޔާފައި. މިއީ ހެޔޮވާ ވަރު ކަންތައްތޯ.

ފަލާހު ވަނީ ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: