ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ވިޔަފާރިތަކުން ޓެކްސް ދެއްކުމުގައި މަކަރު ހަދާ: ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި ވިޔަފާރިތަކުން ޓެކްސް ދެއްކުމުގެ ތެރެއިން މަކަރު ހަދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޓެކްސް ނެގުމާއި އިދާރީ ގާނޫނަށް ގެންނައުމަށް މަސައްކަތްކުރަމުންދާ އިސްލާހާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ، ރާއްޖޭގައި ޓެކްސް ނެގުމުގެ މަސައްކަތްތައް ފެށިގެން އައިއިރު ރައްޔިތުންނާއި ވިޔަފާރިތަކަށްވެސް މިކަމުގެ ފުރިހަމަ މައުލޫމާތު ދެވިފައިނުވާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ކުއްލި ގޮތެއްގައި ޓެކްސް ނަގަން ފެށުމުން ދަތިތަކެއް ކުރިމަތިވެގެންދިޔަކަން ފާހަގަކުރެވުނުކަމަށްވެސް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މިހާރު ޓެކްސް ނެގުމުގެ މަސައްކަތްތައް ކުރިއަށް ދާއިރު އަދި ވިޔަފާރިތަކުން ފުރިހަމައަށް ތައްޔާރުވެގެން މަސައްކަތްތައް ކުރަމުންދާއިރު އަދިވެސް ދިމާވާ ބޮޑެތި މައްސަލަތައް ހުރިކަމަށެވެ. މިގޮތުން ބައެއް ފަރާތްތަކުން ބަރާބަރަށް ޓެކްސް ދައްކަމުންދާއިރު އެއިރެއްގައި ހުންނަ ރައީސަކު ބޮޑެތި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްގެ ބޮޑު އަދަދެއް މާފުކުރާކަން ފެނިގެންދާކަމަށެވެ. އަދި ކަން މިހެން އޮތުމުގެ ސަބަބުން އާންމުކޮށް ޓެކްސް ދައްކަމުންދާ ފަރާތްތަކަށް އެ މަސައްކަތްތަކުގެ ތެރެއިން ދެވޭ އެއްވެސް ލުޔެއް ނެތްކަމަށެވެ.

ލަތީފް ވިދާޅުވީ، މީރާއިންވެސް ބައެއް ފުރުސަތުތަކުގައި ކުއްލި ގޮތަކަށް ވިޔަފާރިތަކަށް ވަދެގަނެ އޮޑިޓްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ. މެމްބަރު ވިދާޅުވީ، އެއަށްފަހު ބޮޑެތި އަަދަދުތަކުން ޖޫރިމަނާކުރާކަމަށާއި އެހެންކަމުން ކުދި ވިޔަފާރިތަކަށް ދަތި އުނދަގޫތައް ކުރިމަތިވެގެންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، ވިޔަފާރީގެ މަސައްކަތްތަކުގައި މައްސަލަތައް ހުރިކަމަށް ބުނެ މީރާއިން އެތައް ލައްކަ ރުފިޔާއަކުން ޖޫރިމަނާކުރުމުން އެ ފައިސާ ދެއްކުންވެސް ބޮޑު ދައްޗަކަށް ވެގެންދާކަމަށާއި ނުދެއްކިދާކަންވެސް ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން މީރާއިންވެސް މަސައްކަތްތައް ކުރިއަށް ގެންދާއިރު އިސްވެ ދެންނެވި ހާލަތްތަކަށް ސަމާލުކަން ދިނުން މުހިންމުކަމަށާއި ގާނޫނު އިސްލާހުވެގެން އަންނައިރު އެސްއެމްއީތަކަށާއި އަލަށް ވިޔަފާރި ފަށައިގަންނަ ފަރާތްތަކަށް ދަތިތައް ކުރިމަތިވެގެންދާނެކަމަށެވެ.

ޓެކްސް ނަގަން ފެށުމުގެ ސަބަބުން ދިވެހިންނަށް ބޮޑެތި މަންފާތަކެއްވެސް ލިބިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. މިގޮތުން ސަރުކާރުންދޭ ހިދުމަތްތައް ފުޅާވެގެންދިޔައީ ޓެކްސް ނަގަން ފެށުމުގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެގެންދިއުމާއިއެކުކަމަށެވެ. ނަމަވެސް ޓެކްސްގައި ހަދާ މަކަރުތައް އިންތިހާއަށް އޮތްކަމަށާއި ހާއްސަ ގޮތެއްގައި ބޮޑެތި ވިޔަފާރިތަކުން މަކަރުތައް ހަދަމުންދާކަމަށް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ބައެއް ރެެސްޓޯރެންޓުތަކާއި ފިހަރާތަކަށް ޒިޔާރަތްކުރުމުން ބިލު ހަދަންވީތޯ ސުވާލުކުރާކަމަށާއި އެހެންކަމުން ކޮންމެވެސް ވަރެއްގެ މަކަރުތަކެއް ހެދުމަށް ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން ނިޒާމުގެ ތެރެއިން މަކަރު ނެހެދޭ ގޮތް ހަދަންޖެހޭކަމަށާއި އެއީ ދައުލަތުން ގެއްލިގެންދާ ފައިސާތަކެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: