ގައުމެއް، ގައުމެއްގެ ގޮތުގައި ކުރިއަށް ހިންގޭނީ، ދިވެހި ހުރިހާ ރައްޔިތުން، އެކު އެކީ އަތުގުޅައިލައިގެން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.
ޓެކުހުގެ ކުށްތަކާ ގުޅޭ އަދަބުތައް ހަރުކަށިކޮށް ސަރުކާރުން ހުށަހެޅި ބިލާ ގުޅިގެން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ވިދާޅުވީ، ގައުމެއް ކުރިއެރުވުމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުންނާއި ވިޔަފާރިވެރިން އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ އެއްބައިވަންތަކަމުގެ ނަތީޖާއަކަށްވެގެންދާނީ ވިޔަފާރިތަކަށް ގިނަގުނަ މަންފާތަކެއް ލިބި، ގައުމުގެ މުއްސަނދިކަން އިތުރުވެގެން ދިއުންކަމަށް ފާހަގަކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވިގޮތުގައި، ގިނަ ފަރާތްތަކުން ޓެކްސް ނުދައްކާ ކަމަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅަންޖެހޭ ރިޕޯޓުތައްވެސް ގިނަ ފަރާތްތަކުން ހުށަނާޅާ ކަމަށެވެ. އަދި މި ބިލުގައި ހިމަނާފައިވާ އިސްލާހުތަކަކީ މިފަދަ ކަންކަމަށް ރިޢާޔަތްކޮށް، ޓެކްސް ދައްކާ ފަރާތްތައް އިތުރަށް ބާރުވެރިކުރުވައި، ދައުލަތަށް ލިބެންޖެހޭ ޓެކްސް ހޯދުމުގެ ބޭނުމުގައި ހުށަހަޅާފައިވާ އިސްލާހުތަކެއްކަމަށް ޤަބޫލު ކުރާކަމަށް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، ވަރަށް ގިނަ ޓެކްސްތަކެއް، ގިނަ ފަރާތްތަކުން ނުދައްކާކަމަށާއި އަދި މީރާއަށް ހުށަހަޅަންޖެހޭ ރިޕޯޓުތައްވެސް ގިނަ ފަރާތްތަކުން ހުށަނާޅާ ކަމަށެވެ.
އަޅުގަނޑަށް ހީވަނީ ގާނޫނުގަ ބޮޑަށް، މީ… ހިމަނާފަ މިވަނީ… ބައެއް ފަރާތްތަކުން… ރިޕޯޓުތައްވެސް ހުށަނާޅާތީ… އެކަންކަމުގެ މައްޗަށް… ބަލާ… މި… އިތުރަށް ޓެކްސް ދައްކާ ފަރާތްތައް އިތުރަށް ބާރުވެރިކުރުވާ، ޓެކްސް… ދައުލަތަށް ލިބެންޖެހޭ ޓެކްސް ހޯދާގަތުމުގެ ބޭނުމުގަ.. ހުށަހަޅިގެންދާ އިސްލާހެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން..
އިބްރާހިމް ވިދާޅުވިގޮތުގައި، ޓެކްސް އެޑްމިނިސްޓްރޭޝަން ބިލުގައި ހިމަނާފައިވާ އިސްލާހުތަކަކީ، ޓެކްސް ދައްކަންޖެހޭ ބައެއް ފަރާތްތަކުން، މީރާއަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަނާޅާތީ އެވެ. އަދި، އެ ބިލުގައި ހުށަހަޅައިފައިވާ އިސްލާހުތަކަކީ، ޓެކްސް ދައްކާ ފަރާތްތައް އިތުރަށް ބާރުވެރިކުރެވިގެންދާނެކަމަށާއި، ދައުލަތަށް އާމްދަނީއެއްގެ ގޮތުގައި ލިބޭ، ޓެކްސް ލިބިގަތުމުގެ ބޭނުމުގައި، ހުށަހަޅައިފައިވާ އިސްލާހުތަކެއްކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޓެކްސް ދެއްކި ކަމުގައިވީނަމަވެސް، ބޮޑެތި ބައެއް ވިޔަފާރިވެރިން ޓެކްސް ނުދައްކާ ކަމަށެވެ. މިކަމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހުދުމަތްތައް ނުދެވި، ދައުލަތުން ނަގާފައިވާ ލޯނުތައް ނުދެއްކި، ދައުލަތް ދަރަނިވެރިވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. މެމްބަރު ވިދާޅުވި ގޮތުގައި މި ހާލަތު އިސްލާހު ކުރުމަށް ޓެކްސް ގާނޫނަށް ބަދަލުތަކެއް ގެނެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަންޖެ އެވެ.
ގާނޫނެއް ކިތައްމެ ހަރުކަށި ކުރިޔަސް…. ގާނޫނަކުން ކިތައްމެ ބޮޑެތި ބާރުތަކެއް ދިން ކަމުގައިވިޔަސް.. އަޅުގަނޑުމެންނަށް.. އަޅުގަނޑުމެން ހިތައް އަރާހާ ގޮތަކަށް، ފައިސާ ހޯދުމަކީ، އެހާ ފަސޭހަކަމަށް ނުވާނެ، އަޅުގަނޑުމެންގެ މުޅި ގައުމު، މި ގައުމު މިވަނީ މުޅިން، ޕޭޕާ ގައުމަކަށް ވެފަ.. ޕޭޕާ ކުންފުނިތަކަކަށްވެފަ.. ގައުމަށް ވަންނަ ފައިސާ… ކަރުދާހުން ފެނޭ… އެހެންނަމަވެސް… އެ ފިސިކަލީ… އެ ކޭޝް.. ނުލިބޭކަން… އަޅުގަނޑުމެންނަށް ފެނިގެންދިޔަ..
އިބްރާހިމް ވިދާޅުވިގޮތުގައި، ގާނޫނުތަކަށް ބަދަލު ގެނެސް، އެ ގާނޫނުތައް ހަރުކަށި ކުރިކަމުގައިވިޔަސް، ގާނޫނަށް ބަދަލު ގެނެސް، އެ ގާނޫނުތަކުން ބޮޑެތި ބާރުތަކެއް ލިއްބައިދިންކަމުވީނަމަވެސް، ބޭނުން ގޮތަކށް ފައިސާ ހޯދުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ.
މީގެއިތުރުން މެމްބަރު ވިދާޅުވީ، މުޅި ގައުމު މިވަނީ، ޕޭޕާ ގައުމަކަށް ވެފައިކަމަށާއި، ގައުމަށް ވަން ފައިސާ ކަރުދާހުން ފެނުނު ކަމުގައިވީނަމަވެސް، އެ ފައިސާ ފިސިކަލީ ނުލިބޭކަމަށް ހުސައިން ވިދާޅުވިއެވެ. އަދި މިކަމަށް، އޮތް ހައްލަކީ ރާއްޖޭގެ ޕޭމަންޓު ނިޒާމުތައް އިތުރަށް ހަރުދަނާކުރުންކަމަށެވެ.

