ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ނުނިމި ހުރި ހައުސިން ޕްރޮޖެކްޓްތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ޒުހެއިރު ސައިޓުތަކަށް

ހުޅުމާލޭގައި ނުނިމި ހުރި ހައުސިން ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ޒުހެއިރު ބައްލަވާލެއްވުން/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކުރިޔަށް ދާ ހައުސިން ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އައު މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ބައްލަވައިލައްވައިފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި ޒުހައިރު ވަޑައިގަތީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ”ރީތިގަސް“ އެޕާޓްމަންޓްސް އާއި ”ދަ ގާޑަންސް“ އެޕާޓްމަންޓްތަކަށެވެ.

މި އެޕާޓްމަންޓުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައިލެއްވުމަށް ޒުހައިރު ވަނީ ސައިޓަށް ވަޑައިގެންފައެވެ.

ޒުހައިރު އެޗްޑީސީގެ ހިންގުމާއި ހަވާލުވީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ޒުހައިރު ހުންނެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށެވެ.

ހުޅުމާލޭގައި މިގޮތަށް ނުނިމި ހުރި އެހެން ޕްރޮޖެކްޓުތައް ބައްލަވައިލެއްވުމަށް ވެސް ޒުހައިރު ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: