ފުލުހުން ހިފެހެއްޓި ޑޮލަރުތަކެއް ގެއްލުނު މައްސަލަ ބަލަން ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ ހިދުމަތުން، 2019 ސެޕްޓެމްބަރު 15 ވަނަ ދުވަހު ހުށައެޅުނު މައްސަލައެއްގައި ސީޒް ކުރެވުނު ފައިސާއާއި ބެހޭ ގޮތުން ފާހަގަ ކުރެވުނު ޖުމްލަ، ހިސާބުގެ ފަރަގަކާއި ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑް އިން ދަނީ ތަހުގީގުކުރަމުންކަމަށެވެ.
މިކަން ފާހަގަކުރެވިފައި ވަނީ 2025 އޮގަސްޓް 13 ވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި 30،000 ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިފައިވެއެވެ.
ހަލާކުވެފައިވާ ފައިސާވެސް ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ، އެކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުންކަމަށް ފުލުހުންކަމަށް ބުންޏެވެ.

