ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާގެ ދެކުނަށް ރައްޔިތުން ފޮނުވާލަން އިސްރާއީލުން ހަމަލާތައް ފަށައިފި

ޣައްޒާއަށް އިސްރާއީލުން ދީފައިވާ ހަމަލާތަކުގެ ނަތީޖާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިންގުމަށް ކަނޑައެޅިފައިވާ އަސްކަރީ ހަރަކާތަކާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ ދެކުނަށް ފޮނުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން އާންމުކޮށްފައިވާގޮތުން އެ ގައުމުންވަނީ ޣައްޒާގެ އެންމެ ބައިބޯ ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެހެންކަމުން އާންމު ރައްޔިތުން އެ ސަރަހައްދުގެ ދެކުނަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ބުނާ އިސްރާއީލުގެ އަސްކަރިއްޔާގެ ގޮފިން ބުނާގޮތުން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ފޭލިގެތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފެށިގެންދާނެއެވެ.

ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދެކުނަށް ހިޖުރަކުރާނެކަމާއިމެދު ބަހެއް ބުނެވެން ނެތްކަން ހާމަކޮށްފައިވާއިރު އެގައުމުގެ ދިފާއީ ވަޒީރު ކެޓްސްވަނީ ހަމާސް ޖަމާއަތް އެއްކޮށް ބަލިކޮށްލުމުގެ ފަހު މަރުހަލާގެ ތައްޔާރީތައް ނިމުމަކަށް އައިސްފައިވާކަން ސޯޝަލްމީޑިއާ މެދުވެރިކޮށް ހާމަކޮށްފައެވެ.

މި ހަނގުރާމައިގެ ތެރެއިން ހަމާސްގެ ބެލުމުގެ ދަށަށް ގެންދިިޔަ އިސްރާއީލުގެ ރައްޔިތުންގެ އާއިލާތަކުންދަނީ 22 މަސް ދުވަހަށްވުރެ ދިގު ލައިގެން ގޮސްފައިވާ ހަނގުރާމައިގެ ހާލަތާއިމެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން ހަމާސްއިން އަތުލައިގެންފައިވާ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދާކަމަށާއި މިހާރު ބެލެވޭގޮތުން 50 ގައިދީންގެ ތެރެއިން ދިރިހުރީ 20 މީހުންނެވެ.

މިނިވަންކަމާއިއެކު ހަރަކާތްތެރިވާ ނޫސްތަކުން ބުނާގޮތުން އިސްރާއީލުންވަނީ މި އިއުލާނަށްފަހު ޣައްޒާގެ ރައްޔިތުންނަށް ދެކުނަށް ހިޖުރަކުރުމަށް މަޖުބޫރުކުރުމުގެ ގޮތުން ހޮސްޕިޓަލަކަށް ބޮމުގެ ހަމަލާއެއް ދީފައެވެ. މި ހަމަލާގައި ބައެއް މީހުން ޝަހީދުވެފައިވާއިރު ވޭތުވެދިޔަ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓުވާލުމުގެ ސަބަބުން ބަނޑަށް ޖެހި މީހުން މަރުވުމުގެ މައްސަލަވެސް ފެންމަތިވަމުންދާ މިންވަރު އިތުރުވަމުންދާކަން ހިއްސާކޮށްފައިވެއެވެ. މިގޮތުގެ މަތިން ނިޔާވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ތުއްތު ކުދިން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: