ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާގައި އިތުރު ކާރިސާއެއް އުފެދިދާނެކަމުގެ ކަންބޮޑުވުން

ޣައްޒާގެ ރައްޔިތުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ޣައްޒާގައި އިތުރު ކާރިސާއެއް ކުރިމަތިވެގެންދިއުމުގެ ބިރު އޮތްކަމަށް އދއިން ބުނެފިއެވެ.

ޣައްޒާ އެއްކޮށް ހިފުމުގެ ގޮތުން އިސްރާއީލުން މަސައްކަތްތައް ކުރަމުންދާއިރު އދއިންވަނީ ކުރިއަށްވުރެ ނުރައްކާތެރި ހާލަތެއް އެ ސަރަހައްދަށް މެދުވެރިވެގެންދާނެކަމުގެ އިންޒާރު ދީފައެވެ. މިގޮތުން ކުރިއަށްވުރެ ދެރަ ނަތީޖާތަކެއް އެކަމުގެ ސަބަބުން ނުކުމެގެން އަންނާނެއިރު މިހާރުވެސް ގިނަ އަދަދެއްގެ މީހުން ބަނޑުހައިހޫނު ކަމުގެ ސަބަބުން ނިޔާވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އދގެ އިސް އޮފިޝަލުން ބުނާގޮތުން އިސްރާއީލުން ރާވާފައިވާ ގޮތުގެ މަތިން އަމަލުކޮށްފި ހާލަތެއްގައި މި އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ނިޔަލަށް ޣައްޒާ ދޫކޮށް ދިއުމަށް އެ ސަރަހައްދުގައި ދިރިއުޅެމުންދާ ހުރިޔާ ރައްޔިތުންނަށް މަޖުބޫރުވެގެންދާނެއެވެ. އެހެންކަމުން އަސްކަރީ ހަރަކާތްތަކުގެ ނަތީޖާއަކީ 800،000 އަށްވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށްލަން ޖެހުންކަމަށާއި އޭގެ ތެރެއިން ގިނަ އަދަދެއް މީހުންނަކީ މިހާރުވެސް އެތައް ފަހަރެއްގެ މަތިން ދިރިއުޅުނު ތަން ދޫކޮށް ހިޖުރަކުރަން މަޖުބޫރީ ކުރިމަތިވި މީހުންކަމަށް ފާހަގަކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން ޣައްޒާގައި ބޮޑު ކާރިސާއެއް ކުރިމަތިވެގެންދާނެކަމަށް ބުނެފައިވާއިރު ގެދޮރު ދޫކޮށްލަން ޖެހުމުގެ އިތުރުން ތަންތަނަށް ލިބިގެންދާ ގެއްލުންތަކާއި މީހުން މަރުވުމަށްވެސް ދިމާވާނެކަމަށާއި އެހެންކަމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އިތުރަށް ގޯސްވެގެންދާނެކަމަށެވެ.

ފަލަސްތީނުން އދއަށް ކަނޑައަޅާފައިވާ މަންދޫބު ވިދާޅުވީ، ހިޖުރަކުރަން މަޖުބޫރުކޮށްގެން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ގެއްލުންތަކާއި މީހުން މެރުމުގެ އަމަލުތަކަކީ އިސްރާއީލުން އެ ގައުމުގެ ބިން ހިފުމަށް މަގުފަހިކުރަން ކުރަމުންދާ މަސައްކަތްތަކެއްކަމަށެވެ. ދުނިޔޭގެ ބާރުތަކުގެ ގޮތުގައި ގުނާ ގައުމުތަކުންނާއި އިސްރާއީލުގެ ބައިވެރިންގެ ގޮތުގައި ފެނިގެންދާ ބައެއް ގައުމުތަކުންވެސްވަނީ މިހާރު ހިންގަން ފަށާފައިވާ އަމަލުތައް ކުށްވެރިކޮށްފައެވެ. އިނގިރޭސިވިލާތުންވަނީ މި މައްސަލައިގައި ކުއްލި ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ހަނގުރާމައިގެ ހާލަތު ދިގުދެމިގެންދިއުމަށް ފުރުސަތު ހުޅިވެގެންދާކަން ދެކޭކަން ހާމަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުން އދއަށް ކަނޑައަޅާފައިވާ މަންދޫބު ވިދާޅުވީ، މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކަުރިމަތިވާ ދަތިތައް އިތުރުވެގެންދާކަމަށެވެ. އަދި މިއީ ހައްލެއް ހޯދުމަށްޓަކައި މަސައްކަތްކުރަންވީ  މަގެއް ނޫންކަމަށާއި މިއީ އިތުރު ލޭ އޮހޮރުވުންތަކަކަށް ހުޅުވާލެވޭ ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ.

ޖަރުމަނުވިލާތުންވެސް މިކަމަށް ފުރިހަމައަށް އެއްބަސްނުވާކަން ފެނިގެންދެއެވެ. މިގޮތުން އެ ގައުމުގެ ޗާންސެލަރުވަނީ ހަރަކާތްތައް ފެށުމުން ޣައްޒާގެ ރައްޔިތުންދަނީ ކޮންތަނަކަށްތޯ ސުވާލުކޮށްފައެވެ. އެހެންކަމުން މިއީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެ ގައުމުން މި އަމަލުގައި ބައިވެރިނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: