ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 15ގައި ފުލުހުން ހައްޔަރުކުރި މީހަކު މަރުވުމުން، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ސަންގުން ސުވާލު ކުރުމުން ފުލުހުންގެ ފަރާތުން ބުނެފައިވަނީ އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުގައި ހުރި ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް (48އ) ގެ ހާލަތު މިއަދު ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އެހެންކަމުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ އަޙްމަދު އަފްރާޙް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ. އަފްރާޙް ހައްޔަރު ކޮށްފައި ވަނީ 2025 އޮގަސްޓް 15 ވަނަ ދުވަހު ކަމަށް މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ކުރިއަށް ގެންދާ ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: