ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރީންނަށް: ހަންނާން

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރީންނަށްކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ޙަންނާން އަބޫބަކުރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރު ހަންނާން ވަނީ ބިލެއް ހުށަހަޅުއްވާފައެވެ. ހަންނާން ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެކެވެ. އަދި މި ބިލަށް މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހުރިހާ މެންބަރުންވެސް ތާއީދުކޮށްދެއްވުމަށް ވަނީ އެދިފައެވެ.

ބިލުގެ މަޤްސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމެވެ.

ރާއްޖޭގެ ބްރޯޑްކާސްޓް ކޮމިޝަންގައި މިހާރު މުޅީންވެސް ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުންކަން ފާހަގަ ކުރައްވައި މެމްބަރު ހަންނާން ވިދާޅުވީ، މިހާރު ހުށަހެޅިފައި އެވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރީންނަށް ކަމަށެވެ. މިގޮތުން މި ކޮމިޝަންގައި ހިމެނޭ 7 މެންބަރުން ކުރެ 4 މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުންނެވެ.

ބިލުގައި ބުނެފައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން، ހަތަރު މެމްބަރުންނަކީ ރައީސުލްޖުމްހުރިއްޔާ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްކޮށްގެން އައްޔަންކުރާ މެމްބަރުންނެވެ. އަނެއް ތިން މެމްބަރުންނަކީ މީޑިއާތަކުން ވޯޓުދީގެން އައްޔަން ކުރާ މެމްބަރުންނެވެ.

މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ ކަމަށާއި، ދައުލަތުގެ 4 ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާއެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުުރުން، މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޭކާރު ބޮޑެތި ޚަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ބުނެ ފާޑުކިޔަމުންދާތީ، އެކަމަށް ޙައްލު ހޯދައިދީ، މީޑިއާ ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ޚަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދޭނެ މަގު ފަހިކޮށްދީފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

މި ބިލުގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށް ހިމަނާފައިިވެއެވެ. އެގޮތުން ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭގޮތަށް ބިލުގައި ހިމަނާފައިވެއެވެ.

ހަމައެއާއެކު، މީޑިއާ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމާއި، ޤަވާއިދާ ޚިލާފުވެ، އެކަން ރަނގަޅު ކުރަން އަންގައިގެންވެސް ނުކޮށްފިނަމަ ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުމުގެ ބާރު ދިނުމާއި، ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުމާއި، ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުމުގެ ބާރު ދިނުމުގެ އިތުރުން، އިސްލާމް ދީނާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތުގައި ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: