ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީމުތަކާއި އެކު ދަތުރު ކުރަނީ މަޝްވަރާކޮށް، އެއް މޭޒެއްގައި ތިބެ މައްސަލަތައް ހައްލު ކުރުމަށް: ރައީސް

ރައީސުލްޖުމްހޫެެރިއްޔާ އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުފުފުޅުގެ ތެރެއިން ހިމަންދޫއަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީރުން ހިމެނޭ ގޮތަށް އަތޮޅުތަކަށް ދަތުރު ކުރައްވަނީ އެއްތަނެއްގައި ތިބެ މަޝްވަރާކޮށް މައްސަލަތައް ހައްލު ކުރުމުގެ ބޭނުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހިމަންދޫއަށެވެ. ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި އެމަނިކުފާނު ރައްޔިތުންނަށްވީ ވައުދަކީ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރަށްތަކަށް ދިމާވެފައިވާ އެކި އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމާއި އެކު، ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުން ހިމެނޭކަން ފާހަގަކުރެއްވި އެވެ.

އަތޮޅުތަކަށް ކުރައްވާ މި ދަތުރުފުޅުގައި ބޮޑެތި ޓީމުތައް ބައިވެރިވާތީ އަމާޒުވާ ފާޑުކިއުންތަކަށް ރައީސް ވަނީ މި ބައްދަލުވުމުގައި ރައްދު ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން އެކުގައި ރަށްތަކަށް ދަތުރު ކުރުމުން އޭގެ މަންފާ ލިބޭނީ ރަށްތަކަށް ކަމަށެވެ. އޭގެ ސަބަބަކީ އެއް މޭޒެއްގައި ތިބެ ހުރިހާ ކުންފުންޏަކާއި މުވައްސަސާއަކަށް ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބިގެން ދިއުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކަންބޮޑުވުންތައް ހިފައިގެން ކައުންސިލްތަކުން މާލެ ދަތުރުކޮށް، ކުންފުނިތަކާއި ބައްދަލުވުންތައް ނުބޭއްވި ލަސްވެގެން ދިއުމަކީ އެމަނިކުފާނު ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް އެމަނިކުފާނު ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމަށްޓަކައި ބައްދަލުވުންތައް ވެސް ކުރިޔަށް ގެންދަވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް އެފިޝިއަންޓުކޮށް ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަންކަން ނިމިގެން އެދަނީ.. އޭގެ ސަބަބުން އަޅުގަނޑަށް ހިތްހަމަޖެހުން ލިބޭ، ރައްޔިތުންނަށް ހިތްމަމަޖެހުން ލިބޭ.. އަޅުގަނޑުގެ ހުރިހާ ވެސް ފަލްސަފާއަކީ ރައްޔިތުންނާއި ވިހާވެސް ގާތުން މަސައްކަތް ކުރުން.. އަޅުގަނޑު މާލޭގެ މޭޔަރުކަމުގައި މަސައްކަތް ކުރި އިރު ވެސް މަސައްކަތް ކުރި ގޮތަކީ މިއީ.. މަސައްކަތް ކުރީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް.. އެއީ ބައްދަލުވުންތައް ބޭއްވުމާއި މިހެން.. ސިޓީ ބިޓީތައް ފޮނުވައިގެން.. އޭގެ ޖަވާބުތައް ލަސްވެ.. އެހެން ނޫނީ ދަތިތައް މި ދިމާވަނީ..

ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ ފިނި ކޮޓަރީގެ ތެރެއިން މަސައްކަތްކޮށް، ސިޓީތައް ފޮނުވާނަމަ ކަންކަން ދިގުލައިގެން ދާނެކަމަށެވެ. އަދި ކަންކަން ގޯސްވެފައިވާ ހިސާބަކީ ކޮބައިކަން އެފަދަ ގޮތަކަށް ދެނެނުގަނެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

ރަށުގެ ތަރައްގީގެ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒަށް ޖާގަ އިތުރުކޮށް ހުޅުވި އައު އިމާރާތާއި އެކު އިތުރު ހިދުމަތްތައް ދޭން ފެށިގެންދާނެ ކަމަށެވެ. އިތުރަށް ބޭނުންވާ ބަަދަލުތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރަށުގެ ލެބޯޓްރީ ހިދުމަތެވެ. އެގޮތުން 2026 ވަނަ އަހަރަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ ތެރެއިން އެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ބޭސްފަރުވާގެ ބައެއް ހިދުމަތާއި، ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ދާން ޖެހުމަކީ ބަލި މީހާއަށް ދިމާވާ އިތުރު ދަތިތަކަކަށް ވާތީ މިކަންކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ހިދުމަތްތައް ގާއިމު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ހިމަންދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ބޮޑު ހިލަ ޖެހުމުގެ މައްސަކަތް ނުހުއްޓި ކުރިޔަށް ދާނެކަމަށެވެ. އަދި ރަށުގެ ބަނދަރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ހަވާލު ކުރެވި މަސައްކަތް ފެށޭއިރު މި ދެ ޕްރޮޖެކްޓު އެކުއެކީގައި ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

އއ. އަތޮޅަކީ ވެސް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ސަރަހައްދެއްކަމަށްވުމާއި އެކު، މި ސިނާއަތް ކުރިއެރުވުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި އާންމުކޮށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކުގައި މަގު ހެދުމުގައި ތާރު އެޅުން ނުވަތަ ގާއެތުރުމަށް ބޭނުން ނުވާކަން ފާހަގަކުރެވިފައި ވާތީ، މަގު ހެދުމުގެ މަޝްރޫއު ފެށުމުގެ ކުރިޔަށް ރައްޔިތުން އެދޭ ގޮތަކީ ކޮބައިތޯ ބައްލަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: